ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށުގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫޢެއްގައި، މި ރަށުގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ ކުރެހުމާއި އަދި އެ ފަރާތުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެންޓަނާ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ފައުންޑޭޝަން އެޅުމާއި، ރަށުގެ ބަނދަރުން ފެށިގެން    އެންޓަނާ ހަރުކުރުމަށް ހަމަޖެހިފައިވާ ތަނަށް އެންޓާނާއާއި އެއާގުޅޭ އާލާތްތައް ގެންގޮސް، އެންޓަނާ ހަރުކުރުމުގެ މަސައްކަތް ކުރެވޭނެ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

  1. 1. 
  2. 2. 

މަޢުލޫމާތު ސާފުކުރުން

މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. މި މަސައްކަތާގުޅޭ ކުރެހުންތަކާއި މުހިންމު މަޢުލޫމާތު ކަރުދާހެއް މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

އަންދާސީހިސާބުހުށަހެޅުމާއިހުޅުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޖޫން 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 މި ކައުންސިލްގެ އިދާރާގައެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

21 ރަމަޟާން 1440

26 މެއި 2019

26 މޭ 2019
ހޯދާ