ދިވެހިރާއްޖެ
އިޢުލާން
މިކުންފުނިން ބޭނުންވާ މިންގަޑުތަކަށް ކުންފުނީގެ ވެބްސައިޓެއް ޑިސައިންކޮށް އިންޕްލިމެންޓް ކޮށްދޭނޭ ފަރާތެއް ހޯދުމަށް 15 މެއި 2019، އިއުލާން ނަންބަރ MGPL-I/PD/2019/05 ކުރި އިޢުލާންއާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބް ހުށަހަޅައިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
02 ޖޫން 2019 އާދީއްތަ ދުވަހުގެ 11:00 އަށް |
11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިހްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާން ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް އައި.ޓީ ޑިޕާރޓްމެންޓް އަށެވެ.
26 މެއި 2019،
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614