މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  - ސާމްޕްލަރ

މާލޭ މަސްމާރުކޭޓަށް ގެންނަ މަހުގެ ބާވަތްތަކުގެ ދިގުމިނުގެ ހިސާބު އަދި ފޮޓޯ ނެގުމުގެ މަސައްކަތް ކުރާނެ ފަރާތެއް އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގެ ދަތުރު ތަކުގައި ބާނާ މަސްތަކުގެ ތަފްސީލު ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެެއެވެ.

 

ބޭނުންވާ އަދަދު

1

މަސައްކަތް ހަވާލުކުރެވޭ  މުއްދަތު

02 އަހަރު ދުވަސް

މަސައްކަތްކުރަން ޖެހޭ ތަން:                             

މާލޭ މަސްމާރުކޭޓު.

މަސައްކަތުގެއުޖޫރަ:

މަސައްކަތްކުރާ ކޮންމެ މަހަކަށް -/1800 ރުފިޔާ

މަސައްކަތުގެތަފްސީލް:

މާލޭ މަސް މާރުކޭޓަށް ގެންނަ މަހުގެ ބާވަތްތަކުގެ ދިގުމިނުގެ ހިސާބު އަދި ފޮޓޯ މަޢުލޫމާތު ނެގުން

ހަފްތާއަކު 5 ދުވަހު، މާލޭ މަސަމާރުކޭޓާށް ޒިޔާރަތްކޮށް މާރުކޭޓުގައި ހުރި ކަނޑުމަހުގެ ބާވަތްތަކުގެ ދިގުމިން ނެގުން. މި ދިގުމިން ނަގާނޭ ބާވަތްތަކަކީ؛

  • ކަޅުބިލަމަސް
  • ރީނދޫ އުރަހަ ކަންނެލި
  • ލޯބޮޑު ކަންނެލި
  • ލައްޓި
  • ރާގޮނޑި

 

އެހެނިހެންތަފްޞީލު:

މަސްމާރުކޭޓަށް ޒިޔާރަތްކުރާ ވަގުތު މާރުކޭޓަށް އަރުވާފައި ހުންނަ އެހެނިހެން މަސްތަކުގެ ފޮޓޯ ނެގުން.

ބޭނުންވާ އަދަދު

1

މަސައްކަތް ހަވާލުކުރެވޭ  މުއްދަތު

02 އަހަރު ދުވަސް

މަސައްކަތްކުރަން ޖެހޭ ތަން:                             

މަސްވެރިކަން ކުރާ ދޯނިފަހަރު

މަސައްކަތުގެއުޖޫރަ:

މަސައްކަތްކުރާ ކޮންމެ މަހަކަށް -/1800 ރުފިޔާ

މަސައްކަތުގެތަފްސީލް:

ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބާނާ ބާވަތްތަކުގެ ދިގުމިން އަދި އެހެނިހެން މައުލޫމާތު ނެގުން

ބޮޑުކަންނެލީގެ މަސްވެރިކަމުގެ ދަތުރު ތަކުގައި ބާނާ ބާވަތްތަކުގެ ދިގުމިން، ބަރުދަން، އަދި އެހެނިހެން މައުލޫމާތު، ނެގުން. މި މަސައްކަތް ކުރުމަށް އެދޭ ފަރާތަކީ ބޮޑުކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތަކަށް ވާން ވާނެއެވެ.

 

 

ވީމާ، މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 2019 ޖޫން 02 ގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، 7 ވަނަ ފަންގިފިލާ އަށް  ސިޓީއަކުން ހުށަހެޅުމަށް އެދި ދެންނެވީމެވެ.

މި މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/3322242/ 3339211 އަށް ގުޅުއްވުން އެދެމެވެ.

26 މޭ 2019
ހޯދާ