މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފިސަރ ޑިޒައިނަރ

 

 

                                 އިޢުލާން ނަންބަރު:IUL)MMPRC-HAS/1/2019/32)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އޮފިސަރ ޑިޒައިނަރ

މުސާރަ (މަހަކު) : -/6,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:/-4,400 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

 ޝަރުޠު:

  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ- މަޤާމަށް ބޭނުންވާ ޑިޒައިންކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވަލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

 ށ- ޑިޒައިންކުރުމުގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 1. މިކޯޕަރޭޝަނުން ޑިޒައިންކުރަންޖެހޭ ތަކެތި ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެ މަތިން ކޮންސެޕްޓް ހެދުމާއި ޑިޒައިން ކުރުން.

 2. ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެމަތިން ކުރުން.

 3. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކޯޕަރޭޝަން  (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

 ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ)

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

- ޕޯޓްފޯލިއޯ

 އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

 އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

23 މޭ 2019
ހޯދާ