ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

                                                           ނަންބަރު:(IUL)HAAH/2019/07 

އިޢުލާން

ހއ.އަތޮޅު ހޮސްޕިޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު

J-279671

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. އަތޮޅު ހޮސްޕިޓަލް

މުސާރަ

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/900ރުފިޔާ ، ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިއުބިޝަން ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލްގެ އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތް ކުރުން
  2. ހޮސްޕިޓަލްގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ސިސްޓަމްތައް ރަނގަޅަށް ބެލެހެއްޓުން
  3. ހޮސްޕިޓަލްގެ އިންފޯރމޭޝަން ސިސްޓަމް (އެޗް.އައި.އެސް) އަށް ދިމާވާ މައްސަލަތައްބަލާ އެކަންތައް ހައްލުކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުން
  4. އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އެމަސައްކަތުގައި އެހީތެރިވުން
  5. ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ މުޥައްޒަފުންނަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އައި.ޓީ އަށް އަހުލުވެރި ކުރުމުގެ ގޮތުން ތަމްރީނު ހިންގުން
  6. ހޮސްޕިޓަލްގައި ބޭނުންކުރާ ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އަޕްޑޭޓްކުރަން ޖެހޭ ސޮފްޓްވެއަރތައް އަޕްޑޭޓްކުރުމާއި، އަދި ހިދުމަތް ދިނުމުގައި ބޭނުންވާނެ ސޮފްޓްވެއަރ ދެނެގަނެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ހޯދުމަށް މަސައްކަތްކުރުން
  7. ޓެލެމެޑިސިން ޔުނިޓްގެ ޓެކްނިކަލް މަސައްކަތް ތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި އެކަން މެނޭޖުމަންޓަށް ރިޕޯޓްކޮށް އަދި އެމައްސަލަ ހައްލުކުރުމުގައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދިއުން
  8. ހޮސްޕިޓަލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ހަވާލުވެ އެމަސައްކަތް ކުރުން
  9. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް ކުރުން
  10. ހޮސްޕިޓަލުން ހިންގާ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ އެހީތެރިވުން

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ދާއިރާ:    އިންފޮމޭޝަން ޓެކްނޮލޮޖީ

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖޫން 2019ވާ ހޯމަ ދުވަހުގެ 12.00ގެ ކުރިން ހއ.އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019  ޖޫން މަހުގެ ތެރޭގައި ހއ.އަތޮޅުހޮސްޕިޓަލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500053 ނަންބަރު ފޯނާއެވެ.

23 މޭ 2019
ހޯދާ