މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިވެންޓް އެގްޒެކެޓިވް

 

 

                                       އިޢުލާން ނަންބަރު:IUL)MMPRC-HR/1/2019/34)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އިވެންޓް އެގްޒެކެޓިވް

މުސާރަ (މަހަކު):-/6,600 ރުފިޔާ މަހަކު

- ޑެއިލީ އެލަވަންސް:-/4,400 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

 ބޭނުންވާ އަދަދު: 1

 ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  ހ. މަޤާމަށް ބޭނުންވާ މާކެޓިންގ ނުވަތަ އިންވެޓް ރާވައި ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވަލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ)

 ށ- މާކެޓިން ނުވަތަ އިންވެޓް ރާވައި ހިންގުމު ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމަށްޓަކައި ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އެންމެހާ މައުލޫމާތު އެކުލެވޭގޮތަށް މާކެޓް ރިޕޯރޓް ނިންމަންޖެހޭ މުއްދަތަށް ނިންމުން.
  2. ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓްތައް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުން.
  3. ކުންފުނިން ރާވާ އިންތިޒާމް ކުރާ އެކިއެކި ކެމްޕެއިންތަކުގެ ޕްރޮޕޯސަލްތައް ސުޕަވައިޒަރގެ ލަފާގެ މަތިން ޑްރާފްޓް ކުރުން.
  4. ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާ އެކި އެކި އިވެންޓް / ކެމްޕެއިންތަކުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  5. ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ، އެކިއެކި ޕްރޮމޯޝަނަލް ޙަރަކާތްތަކުގެ ރިޕޯރޓްތައް އެޙަރަކާތެއްނިމޭތާ 3 ދުވަހުގެ ތެރޭގައި ތައްޔާރުކުރުން.
  6. ރާއްޖެއިން ބޭރު މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، އަހަރު ނިމޭއިރު މީޑިއާ ވެލިޔު ރިޕޯރޓް ތައްޔާރުކުރުން.
  7. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.
  8. މީޑިއާގައި ރާއްޖެއާބެހޭ އެދެވޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށްޓަކައި އެއިރެއްގައި ހިނގަމުންދާ ނުވަތަ އެންމެ ޝައުގުވެރިކުރުވާ ފަދަ ޓޮޕިކްތަކާ ގުޅޭ މައުލޫމާތު ހޯދައި ތައްޔާރުކުރަންޖެހޭ ޕްރެސް/ރިޕޯޓުތައް ތައްޔާރުކުރުން.
  9. ރާއްޖެއިން ބޭރުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑް ކޮށް ބެލެހެއްޓުން.
  10. މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

 

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

އިތުރު މަޢްލޫމާތު 

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

  އެޑްރެސް ކުރައްވާނީ:

 ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

23 މެއި 2019

23 މޭ 2019
ހޯދާ