ދިވެހިރާއްޖެ
ނަންބަރު: 405/FNK/A/IUL/2019
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހދ.ނައިވާދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
ސުޕަވައިޒަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ |
ޔުނިޓް: |
ހދ.ނައިވާދޫ ބްރާންޗް |
މަސައްކަތް ކުރަންޖެހޭތަން: |
3570ރ. |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ (ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް. އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން، (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
އެޗް. އާރް، ބިލިންގ، ސޭލްސް، ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް |
ޑިޕާޓްމަންޓް: |
ހދ.ނައިވާދޫ ބްރާންޗް |
މަސައްކަތް ކުރާތަން: |
3000ރ. |
މަޤާމުގެ މުސާރަ: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ހާޟިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ނައިވާދޫ ބްރާންޗުން ރަސްމީ ދުވަސްތަކުގެ 09:00–- 13:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލް އަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
17 ރަމަޟާން 1440
22 މެއި 2019