ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
އެސެސަރުންގެ ދަފްތަރެއް އެކުލަވާލުން

ޓިވެޓް އޮތޯރިޓީގެ ފަރާތުން ފަރުމާކޮށްގެން، ޓްރޭނިންގ ހިންގާފަރާތްތަކާގުޅިގެން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ބައިވެރިންގެ އެސެސްމެންޓް ކުރިއަށް ގެންދިޔުމަށް އެސަސަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެސެސަރ ރެޖިސްޓްރޭޝަން" ފޯމް ފުރުމަށްފަހު މިއޮތޯރިޓީއަށް ހުށައެޅުއްވުން އެދެމެވެ. އެސެސަރުންގެ ދަފްތަރު އެކުލަވާލަން ބޭނުންވާ ދާއިރާތަށް ތިރީގައި މިވަނީއެވެ.

ދަފްތަރު އެކުލަވާލަން ބޭނުންވާ ދާއިރާތަށް: 

  • އިލެކްޓްރީޝަން
  • ރެފްރިޖޭޝަން އެންޑް އެއަރ ކޮންޑިޝަން ރިޕެއަރ އެންޑް މެއިންޓެނަންސް
  • ފްރޮންޓް އޮފީސް
  • ފުޑް އެންޑް ބިވަރޭޖް ސާރވިސް
  • ރޫމް އެޑެންޑެންޓް
  • ފުޑް ޕްރިޕަރޭޝަން
  • ޕޭސްޓްރީ އެންޑް ބޭކަރީ
  • ބަރިސްޓަރ
  • ޓުއަރ ގައިޑް
  • އެއަރޕޯޓް ރެޕްރެސެންޓެޓިވް
  • ސްޓޯރ ކީޕަރ
  • ލޯންޑްރީ އެޓެންޑެންޓް
  • ޓިކެޓިން އެންޑް ރިޒަވޭޝަން
  • ވޯޓަރ ސްޕޯޓްސް
  • ޕްލަމްބަރ
  • ބާރބެންޑާ
  • ކާޕެންޓާރ
  • ޝަޓަރ ކާޕެންޓާރ
  • މޭސަން
  • ޕެއިންޓަރ
  • ވެލްޑަރ
  • ހެލްތް އެންޑް ސޭފްޓީ ފޮރ ބޯޓް ބިލްޑިންގ
  • ސައިޓް ސްޕަވައިޒަރ ފޯ ބޯޓް ބިލްޑިންގ
  • އަރކިޓެކްޗަރ
  • އޮޓޯމޯޓިވް މެއިންޓެނެންސް
  • މެރިން މެކޭނިކް
  • ފައިބަރ ގްލާސް އެންޑް ބޯޓް ބިލްޑިންގ
  • ޑްރައިވިން އިންސްޓުރަކްޓަރ
  • ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް
  • ގާރޑެނާރ
  • އެގްރިކަލްޗަރ
  • އައިޓީ ޓެކްނީޝަން
  • ރީޓެއިލް ސަރވިސް
  • ކޭސިއަރ
  • ފާރމަސިސްޓް
  • ފޮޓޯގްރަފީ
  • އާރޓް ސްކިލްސް
  • ކޮންޕެނީ އެޑްމިނިސްޓްރޭޝަން
  • ޖްވެލަރީ ޑިޒައިން އެންޑް މޭކިން
  • ސައުންޑް ޓެކްނީޝަން
  • ފިޓްނެސް އިންސްޓްރަކްޓަރ
  • ސްޕޯޓްސް ކޯޗިން
  • ފެޝަން ޑިޒައިނިން އެންޑް ޓެއިލަރިންގ
  • އިވެންޓް މެނޭޖްމަންޓް
  • ބިއުޓީޝަން

    

މުސާރަ:  މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް 200 ރުފިޔާ

                         

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ހަވާލުކުރެވޭ ޕްރޮގްރާމްގެ ބައިވެރިންގެ އެސެސްމެންޓް ކުރިޔަށް ގެންދިއުން.
  • އެސެސްމެންޓް މެޓީރިއަލްސް ތައްޔާރުކުރުން.
  • އެސެސްމެންޓް ނިމުމުން އެސެސްމެންޓް ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުތު: 

            

  • އެސެސްމެންޓް ކުރިޔަށްގެންދާ ލެވެލްއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1.  ފުރިހަމަ ކޮއްފައިވާ އެސެސަރ ރެޖިސްޓްރޭޝަން ފޯމު (މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުންނާއި www.tvet.gov.mv  ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. އެސަސަރެއްގެ ގޮތުގައި މަސައްކަތްކުރަން އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 އެސަސަރއަކަށްވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2019 އަންގާރަވާ އާދިއްތަދުވަހުގެ  13:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީއަށެވެ.    

އެސެސަރކަމަށް އެދޭ  ލިޔުންތަށް އިމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި ޢިއުލާނުގެ ސުންގަޑި  

ހަމަވުމުގެ ކުރިން ސަރުކާރުންއަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް އެސެސަރކަމަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

 

  އިތުރު މައުލޫމާތު:

މި ވަޒީފާއާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި އޮތޯރިޓީގެ ނަންބަރު 3341313,3341274 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

17ރަމަޟާން 1440

22 މެއި 2019

   

 

22 މޭ 2019
ހޯދާ