ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު

                      

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

22 މޭ 2019

ނަންބަރު

IUL)168-CA/1/2019/10)

މަޤާމު:

ސެކްރެޓަރީ ޖެނެރަލް

 

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މުސާރައާއި ޢިނާޔަތްތައް:

މުސާރަ މަހަކު 20500 ރުފިޔާ

ލިވިންގ އެލަވަންސް މަހަކު 15000 ރުފިޔާ

ފޯނު އެލަވަންސް މަހަކު 1000 ރުފިޔާ

މަޤާމުގެ މުއްދަތު:

މި މަޤާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރު

މަސައްކަތް ކުރަންޖެހޭ ގަޑި

 ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިންގ، ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަސް) އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖްރިބާއަށް އަދި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށް ބެލޭނެއެވެ.
  3. މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ މީހަކީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

3.1    ދިވެހި ރައްޔިތެއް ކަމުގައިވުން.

3.2    ޢުމުރުން 25 - 55 އާ ދެމެދުގެ މީހަކަށްވުން

3.3    އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ހީލަތްހެދުމާއި، ޚިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

3.4    ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

3.5    ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.

 

މަޤާމުގެ  މަސްޢޫލިއްޔަތާއި ޒިންމާތައް

މި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތައް ހިއުމަން ރައިޓްސް ކޮމިޝަންގެ ވެބްސައިޓް ގައި ޝާއިޢުކޮށްފައިވާނެއެވެ.

އިމްތިޙާނުކުރުމާއި،އިންޓަވިއުއާއި،ޕްރެޒެންޓޭޝަނާއި،އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުން

  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާނު ދިނުމާއި، އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ ތާރީޚުތައް ކޮމިޝަނުން ލިޔުމުން އެންގޭނެއެވެ.
  2. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ އުޞޫލު މި ކޮމިޝަންގެ ވެބްސައިޓު www.hrcm.org.mv ން ލިބިވަޑައިގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް www.hrcm.org.mv އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ).
  2. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
  3. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ހިއުމަން ރައިޓްސް ކޮމިޝަންގެ ވެބްސައިޓު www.hrcm.org.mv ން މި އިޤްރާރު ޑައުންލޯޑް ކުރެވޭނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފުކޮށް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ދާއިރާއެއްގެ މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެން މަތީ ފެންވަރުގެ ސެޓްފިކެޓް ނުވަތަ ލިޔުން (ހުށަހަޅާ ސެޓްފިކްޓް ނުވަތަ ލިޔުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުޞޫލުގެ 2.1.1 ގައި ބަޔާން ކޮށްފައިވާ ފަދަ ސެޓްފިކެޓް ނުވަތަ ލިޔުމަކަށް ވާންވާނެއެވެ).
  6. މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހުށަހަޅާ ލިޔުންތަކަކީ  ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުޞޫލުގެ 2.2.2 ގައި ބަޔާން ކޮށްފައިވާ ފަދައިން ވަޒީފާއަދާކުރި ތަން، މަޤާމާއި މަސްޢޫލިއްޔަތު، ވަޒީފާގައިވީ މުއްދަތު، ވަޒީފާ އަދާކުރިއިރު ސުޕަވައިޒް ކޮށްފައިވާ ފަރާތްތަކުގެ ޢަދަދު ބަޔާންކޮށްފައިވާ ލިޔުމަށް ވާންވާނެއެވެ. މި ގޮތަށް ހުށަހަޅާފައިނުވާނަމަ އެ ލިޔުންތަކުގައިވާ ތަޖުރިބާގެ މުއްދަތުތަކަށް މާކްސްއެއް ނުދެވޭނެއެވެ.)

ސުންގަޑި

16 ޖޫން 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މި މަޤާމަށް ހޮވޭ ފަރާތުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، 05 އަހަރުގެ މުއްދަތަށް ވަޒީފާ ހަމަޖެއްސޭނެއެވެ.
  2. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003154 ނުވަތަ 3003143 އަށެވެ.
         

                  

 

 

                                                             

 

22 މޭ 2019
ހޯދާ