އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަދުރު ހަވާލުކުރުން

         ދިވެހި ރައްޔަތުންނަށް ބެހުމަށް ބޭރުގެ ދައުލަތްތަކުން ހަދިޔާކޮށްފައިވާ ކަދުރުގެ ތެރެއިން، ދިވެހިސަރުކާރުގެ ފަރާތުން ބެހުމަށް މިކައުންސިލަށް ފޮނުވާފައިވާ ކަދުރު ބެހުން 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން މިކައުންސިލުގައި ކުރިއަށް ދާނެއެވެ. މިކައުންސިލަށް ބެހުމަށް ލިބިފައިވާ ކަދުރު ޕަކެޓްގެ އަދަދު ކޮންމެ ގެއަކަށް ކަދުރު ޕަކެޓްއެއްގެ ނިސްބަތުން ހަމަނުވާތީ، މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް އިން އަންގާފައިވަނީ ފުރަތަމަ އަންނަ ގެތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަދުރުބެހުމަށެވެ.

        ކަދުރު ބޭނުންފުޅުވެލައްވާ ގޭގެއިން، 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން އައި.ޑީ. ކާޑު ހިއްޕަވައިގެން އދ.ފެންފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ  މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 01 ޕަކެޓް ކަދުރު، ބަލާ އަންނަ ތަރުތީބުންނެވެ.

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

21 މޭ 2019
ހޯދާ