ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު  :                 ސްކޫލް ހެލްތް އޮފިސަރ

މަޤާމް ނަމްބަރ:            J-296994

ބޭނުންވާ އަދަދު :           1

މަޤާމްގެ ގިންތި:             ދާއިމީ

މަޤާމްގެ ރޭންކް:             އެމް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން     ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:                  -/6295 ރުފިރާ

ސަރވިސް އެލެވަންސް:        -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:         ސަޕޯޓިންގ ކޯ އެލެވެންސް-/900                                              

މަޤާމް އޮތް އޮފީސް:         ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

ވަޒީފާ އަދާ ކުރާ ސެކްޝަން:   އެކަޑަމިކް ސެކްޝަން

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-  ސްކޫލްގައި ހުއްޓާ ދަރިވަރަކު ނުވަތަ މުވައްޒަފަކު ބަލިވެއްޖެ ނަމަ ފުރަތަމަ އެހީ ފޯރުކޮށްދިނުން

-  ސްކޫލްގައި ހުއްޓާ ދަރިވަރަކު ނުވަތަ މުވައްޒަފަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ ދަރިވަރާއެކު ހޮސްޕިޓަލަށް ދިއުން 

  - އަދި ލަސްނުކޮށް ބަލިވި ދަރިވަރުގެ  ބެލެނިވެރިޔާ އަށް އެންގުން

-  އާއްމުގޮތެއްގައި ދަރިވަރުން ބޭނުންވާނޭ މެޑިކަލް ސަޕްލައި ހުސްވިޔަނުދީ ބަޖެޓް މެދުވެރިކޮށް ހޯދާފައި

   ބެހެއްޓުން

-  ސްކޫލް ފެންވަރުގައާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު ޓީމްގެ 

   ހެލްތް އޮފިޝަލްގެ ގޮތުގައި ބައިވެރިވުން، އަދި ދަރިވަރުން ކުޅޭހުރިހާ ވަގުތެއްގައި ކުޅޭތަނުގައި މަޑުކުރުން

-  ދަރިވަރުން ގެންދާ ފީލްޑް ޓްރިޕްތަކުގައި މުދައްރިސާ އެކު ބައިވެރިވުން

- ކްލާސްރޫމް ތަކާއި ދަރިވަރުން ބޭނުންކުރާ ފާޚާނާތަކާއި ސްކޫލްގެ ގޯތިތެރެވަނީ ދަރިވަރުންގެ ރައްކާތެރިކަމަށް

  އެކަށީގެންވާ ގޮތަށްތޯ ބަލައި ހަފްތާއަކު އެއް ފަހަރު ރިޕޯޓެއް ތައްޔާރުކޮށް އެރިޕޯޓުގައިވާ ކަންތައްތައް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ހައްލުކުރުން

-  ދަރިވަރުންނާއި ސްޓާފުން އަދި ބެލެނިވެރިންނާއި އަމާޒުކޮށްގެން،ސިއްހަތާއި ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުުން

- ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން

-  ސްޓޫޑަންޓް ސަރވިސަސް އާ ގުޅުން ހުންނަ (ލީވިންގ ސަރޓިފިކެޓް ހެދުމާއި، އޭލެވެލް އިމްތިހާން އާ ގުޅުން ހުރި

   މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް

    އެންރޯލްމަންޓް ގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

 

މަޤާމްގެ އަސާސީ ޝަރުތުތައް

1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ނޯޓް: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް ކަމުގައި ބަލާނީ:

-          ހެލްތް ސާވިސަސް

ތައުލީމީ ރޮނގުތައް:

-          ކޮމިއުނިޓީ ހެލްތް

-          ޕްރައިމަރީ ހެލްތް ކެއަރ

-          ޕަބްލިކް ހެލްތް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭލިޔުންތައް:

1-  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-   މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮސްފައިވާނަމަ، އަދާކޮސްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮސްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  •  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 29 ވަނަ ދުވަހުގެ 12:30 ގެ ކުރިން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލއިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު  އޮންނާނީ، 30 މެއި 2019 އާއި 13 ޖޫން 2019 އާ ދެމެދުގެ ތާރީޚެއްގައެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3321330 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                15  ރަމަޟާން  1440

                                 20   މެއި    2019

 

20 މޭ 2019
ހޯދާ