މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ޙައްޖު އޮޕަރޭޝަންސް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

މެނޭޖަރ ޙައްޖު އޮޕަރޭޝަންސް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ

-/10,750 ރުފިޔާ

އެލެވަންސް

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ ގެ ރޭޓުން

ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

ފަންނީ އެލަވަންސް: ޑިޕްލޮމާ އަށް އަސާސީ މުސާރައިގެ %20، ޑިގްރީ/ މާސްޓާރސް އަށް އަސާސީ މުސާރައިގެ %40

އެހެނިހެން އިނާޔަތް:

  • އިތުރުގަޑި: ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް ދެވޭނެއެވެ
  • ކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި، މެނޭޖްމަންޓުން ކަނޑައަޅާ އުޞޫލެއްގެ މަތީން ބައިވެރިވުމުގެ ފުރުޞަތު.

ފެންވަރުނުވަތަ ޝަރުތު:

  • އިސްލާމީ ފިޤުހު، ޝަރީޢާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ޙައްޖާއި ޢުމްރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުމާއެކު ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ޙައްޖާއި ޢުމްރާ ދަތުރުތަކުގެ ލޮޖިސްޓިކްސް ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމާއި އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރާވާ އިންތިޒާމް ކުރުން.
  • ޙައްޖު އޮޕަރޭޝަންސްއާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓައި، އެކަމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީންތަކުގެ މެޓީރިއަލްތައް ތައްޔާރު ކުރުމުގައި ބައިވެރިވެ، ތަމްރީންތައް ރާވާ ހިންގުން.
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި، މެނޭޖްމަންޓުން ކަނޑައަޅާ އުޞޫލެއްގެ މަތީން ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތަކުގައި، މެނޭޖްމަންޓުން ކަނޑައަޅާ އުޞޫލެއްގެ މަތީން ބައިވެރިވުން.
  • ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު admin@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

20 މޭ 2019
ހޯދާ