މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮފިޝަންސީ ޓެސްޓިންގެ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގެ ނެޝަނަލް ހެލްތް ލެބޯޓްރީއިން އައިއެސްއޯ/އައިއީސީ 17043 އަށް އެކްރެޑިޓް ކޮށްފައިވާ ޕްރޮފިޝަންސީ ޓެސްޓިންގ ސްކީމެއްގައި ބައިވެރިވުމަށްޓަކައި އެކަށީގެންވާ ޕްރޮފިޝަންސީ ޓެސްޓިންގެ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް  ބޭނުންވެއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ތިރީގައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމެނިފައިވާނެއެވެ.

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލްތައް ޓާރމްސް އޮފް ރެފަރެންސްގައި ދެންނެވިފައިވާ ގޮތުގެ މަތިން ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3014346 އަށް ގުޅުއްވުން އެދެމެވެ.

14 ރަމަޟާން 1440

19 މޭ 2019
ހޯދާ