މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަލް-އަޒްހަރު ސްކޮލަރޝިޕް 2019/2020

އަލް-އަޒްހަރު ސްކޮލަރޝިޕް 2019/2020

އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ދާއިރާ

ކޯހުގެ ދާއިރާ:

ޖުމްލަ 22 ފުރުޞަތު.

-    10 ޝަރީއާ ދާއިރާ

-    12 އެހެނިހެން ދާއިރާ (ވެބްސައިޓްގައި އަޕްްލޯޑްކޮށްފައިވާ ކޯސްތަކަށް)

 

ކޯހުގެ ޢަދަދު އަދި ދާއިރާ:

މިސްރު

ޤައުމު:

ބެޗެލަރސް ޑިގްރީ

ކޯހުގެ ލެވެލް:

ބެޗްލަރސް ޑިގްރީގެ ޝަރުތު:

1. ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން.  

2. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅުއްވާ ބޭފުޅުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން  ފާސްވެފައިވުން.

  1. މި ކޯސްތަކަށް ހުށަހަޅުއްވާ ބޭފުޅުންނަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާވިދާޅުވެފައިވާ ބޭފުޅަކަށް ނުވުން.
  2. 15 ސެޕްޓެމްބަރ 2019 އަށް އުމުރުން 25 އަހަރު ފުރިފައި ނުވުން.
  3. ޝަހާދާ ޘަނަވިއްޔާ ނިންމެވިފަހުން، 15 ސެޕްޓެމްބަރ 2019 އަށް 3 އަހަރު ވެފައިނުވުން.
  4. ނޯޓް: އަޒްހަރު ޔުނިވަރސިޓީގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އަޒްހަރު ޔުނިވަރސިޓީގައި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ބޭފުޅަކަށް އަދި ދެމަފިރިކަނބަލުންނަށް އެއްމުއްދަތެއްގެ ތެރޭގައި ކިޔަވައި ވިދާޅުވުމުގެ ފުރުޞަތެއް ނުދެއްވައެވެ.

  

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެމަތީ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި    އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

-         ހުށަހަޅުއްވަން ޖެހޭތަކެތި.

-          ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓް)

-          ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓުގެ ޓްރާންސްކްރިޕްޓް)

-          އިނގިރޭސިބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ރަށު ކައުންސިލް އިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ.

-          ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ.

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ޓެސްޓް ހިމެނޭ ގޮތަށް ހަދާ ފައިވާ މެޑިކަލް ރިޕޯޓް ކޮޕީ.

-          ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން އުޅުއްވި ސްކޫލަކުން)

-          6 ޕާސްޕޯޓް ސައިޒް ފޮޓޯ. (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.)

-          ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-          ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

-          އެމް.ބީ.ބީ.އެސްއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ދަރިވަރުންގެ ޝަރުތުހަމަވާކަމަށް "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" އިން ދީފައިވާ ލިޔުން.

-          އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކުރުމަށްޓަކައި އެއާއި ގުޅޭ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި  ހުންނާނެއެވެ.
  • މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީއެވެ. އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.
  • މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެއްޓެވުމުގެ ކުރިން އަރަބި ބަހުގެ ޓެސްޓެއް ހަދަންޖެހޭނެއެވެ. އަރަބި ބަހުގެ ޓެސްޓުން ފާސްވެވަޑައިނުގެންފިނަމަ، ޖެހިވަޑައިގަންނަވާނީ އަރަބި ބަސް ކިޔަވައިވިދާޅުވާށެވެ. މިކަމަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 01 އަހަރުދުވަހެވެ.
  • ކެންޑިޑޭޓުން އެދިވަޑައިގަންނަވާ ކޯސްނޫން އެހެން ކޯހެއް މަދުފަހަރެއްގައި ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
  • މި ސްކީމުގެ ކޯސްތަކަށް ހޮވޭ ބޭފުޅުންނަށް އަޒުހަރު ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ އިނާޔަތްތަކުގެ މަޢުލޫމާތު "General condition for Al- Azhar Scholarships" ސުރުޚީގެ ނަމުގައި މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.
  • ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.
  • މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.
  • މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ.
  • ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
  • ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.
  •  ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަ ކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.
  • ހުށަހަޅުއްވާ އެއްވެސް ލިޔުމެއްގެ އަސްލުކަރުދާހުގެ ދެފުށުގައި ލިޔުމެއް/ނިޝާނެއް ފަދަ އެއްޗެއް ހިމެނޭނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
    • މިމިނިސްޓްރީގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ނޮމިނޭޓްވާ ބޭފުޅުން، އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.
    • މި ކޯސްތަކާއި ބެހޭ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
    • އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.
    • ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރާ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 ޖޫން 3 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3341383 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

15 މޭ 2019
ހޯދާ