މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

    

ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/08 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.

ވީމާ، ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ށ.ފީވަކު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ފީވަކު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

16 މޭ 2019
ހޯދާ