މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް 150 އައި.ފައިވް ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        މިނިސްޓްރީ އޮފް ހެލްތަށް 150 އައި.ފައިވް ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 މޭ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން 12:45 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 26 މޭ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 މޭ 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ   (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 މޭ 2019 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ރަމަޟާން 1440

16 މޭ 2019
ހޯދާ