މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގް ގެ މީޓީންގ ހޯލުގެ ނުނިމި ހުރި މަސައްކަތްކުރުމާއި އެތަނުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ރޯޝަނީ ބިލްޑިންގް ގެ މީޓީންގ ހޯލުގެ ނުނިމި ހުރި މަސައްކަތްކުރުމާއި އެތަނުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 މޭ 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 09:30 އިން 12:45 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 27 މޭ 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 މޭ 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ   (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 މޭ 2019 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ރަމަޟާން 1440

16 މޭ 2019
ހޯދާ