ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން ހިންގާ ބަނޑިދޫ ޕްރީސްކޫލަށް ޓީޗަރުން ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާގެ ފަރާތުން ހިންގާ ބަނޑިދޫ ޕްރީސްކޫލަށް ޓީޗަރުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ޓީޗަރ ޕްރީ ސްކޫލް 
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ކްލެފިކޭޝަން: ސްކޫލް ޓީޗަރސް
މަޤާމް އޮތް އޮފީސް: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: ދ. ބަނޑިދޫ ޕްރީ ސްކޫލް / ދ. ބަނޑިދޫ
މުސާރަ: މަހަކު 5000.00ރ (ފަސްހާސް ރުފިޔާ)

އިތުރު އިނާޔަތްތައް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4،5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންއިން ވެލިޑޭޓްކޮށް ފައިވުން ނުވަތަ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން،

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

2. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ޙާޟިލްވާގޮތަށް ލެސަންޕްލޭން ތައްޔަރުކުރުން.

3. ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުގަންނައިދިނުން.

4. ދަރިވަރުން ޙާޞިލް ކުރާމިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

5. ދަރިވަރުން ލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.

6. ކްލާހުގައާއި ކްލާހުންބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން.

7. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.

8. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކުން ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

9. ކްލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި، ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ އެއްބާރުލުންދިނުން.

10. ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން.
11. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
12. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙަލަތުގައި ސްކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.
13. ސްކޫލުގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން.

14. މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުން.

15. ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށައަޅަންޖެހޭ ލުޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
5. ލިބިފައިވާ ތަޖުރިބާ އާއި ތަމްރީން އެގޭނެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މި ބަނޑިދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11.00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 މެއި 2019 އާއި 30 މެއި 2019 އާ ދެމެދު ދ. ބަނޑިދޫ ކައުންސިލް އިދާރާގައި ނުވަތަ ބަނޑިދޫ ކައުންސިލް އިދާރާއިން ހަމަޖައްސާތަނެއްގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ޙާޟިރު ވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

15 މޭ 2019
ހޯދާ