މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                                                                   ނަންބަރު: IUL)MMPRC-PRO/1/2019/27) 

އިޢުލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝާނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އޮފީސް ވޯރކް ސްޓޭޝަންތަކެއް ފޯރުކޮށްދީ ރާވާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC-PRO/1/2019/24) ޢިއުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ،  މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 މޭ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މޭ 27 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                    10 ރަމަޟާން 1440 ހ.

                    15 މޭ 2019 މ.

 

 

 

 

 

 

 

15 މޭ 2019
ހޯދާ