މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުވެރިންގެ ހިޔާ އެއް ހެދުމާބެހޭ

އިޢުލާން

"ދަތުރުވެރިންގެހިޔާ" އެއް ހެދުމާއި ގުޅޭ:

           މިރަށަކަކީ ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ، މެހެމާނުން ޒިޔާރާތްކުރާ ރަށަކަށްވާތީ، އެ ފަދަފަރާތްތަކަށް ފަސޭހަކަމާއިއެކު ޓީވީ ބަލުމާއި އިށީދެތިބުމުގެ ޙިދުމަތްދިނުމަށްޓަކައި މި ރަށުގައި "ދަތުރުވެރިންގެހިޔާ" އެއް އިމާރާތްކޮށްދޭންފަރާތެއް ބޭނުންވެއްޖެ.

           ވީމާ، މި މަސައްކަތްއަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މޭ 2019
ހޯދާ