ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަގެ މެމްބަރުކަމަށް ހުޅުވާލުން


އިޢުލާން 

 

ވޮލީބޯލް އެސޯސިއޭޝަންގެ މެމްބަރުކަމަށް ހުޅުވާލުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރޝިޕް ލިބިފައިވާ ކުލަބު ޖަމްޢިއްޔާތަކާއި އެސޯސިއޭޝަނުގެ ޚާއްސަ ދަޢުވަތުގެ ދަށުން ތަފާތު މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ތެރެއިން، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި މިހާތަނަށް ރަޖިސްޓްރީ ކުރައްވާފައި ނުވާ ކުލަބު ޖަމްޢިއްޔާތަކުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީކުރެއްވުމަށްފަހު، 2019 މެއި 30 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން، މި އެސޯސިއޭޝަނުގައި ރީ-ރެޖިސްޓްރީކުރެއްވުން އެދެމެވެ.

ކުލަބު ޖަމްޢިއްޔާތަކުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީކުރެއްވުމަށްފަހު، މި އެސޯސިއޭޝަނުގައި ރީ-ރެޖިސްޓްރީ ކުރެއްވުމަށް މީގެ ކުރިންވެސް އިޢުލާނުކުރެވިފައިވާތީ، މިއީ، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީ ކުރެއްވުމަށް އެރުވޭ އެންމެ ފަހު ފުރުސަތުކަމަށް ދެކެވަޑައިގެން، ރަޖިސްޓްރީ ކުރެއްވުމަށް މިހާރު އަރުވާފައިވާ ފުރުސަތުގައި އެކަންކަން ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ. އަދި މިހާރު އަރުވާފައިވާ ސުންގަޑީގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީ ކުރައްވާ، މި އެސޯސިއޭޝަނުގައި ރީ-ރެޖިސްޓްރީ ނުކުރައްވާ ކުލަބު ޖަމްޢިއްޔާތަކުގެ މެމްބަރޝިޕް މި އެސޯސިއޭޝަނުގެ ދަފްތަރުން އުނިކުރާނެވާހަކަވެސް ދެންނެވީމެވެ.  

ރީ-ރެޖިސްޓްރޭޝަން ފޯމް ވޮލީބޯލް އެސޯސިއޭޝަނުން ލިބެންހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަނަ، 3317015 އާއި ގުޅުއްވުން އެދެމެވެ.

14 މެއި 2019

14 މޭ 2019
ހޯދާ