ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޓެކްނީޝަން ފޮރ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް

ވަޒީފާގެ ފުރުސަތު

ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ ފުޅާކުރުމަށް ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޓެކްނީޝަން ފޮރ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)  

މުސާރަ:

މަހަކު -/ 15,000 ރުފިޔާ

ފެންވަރު/ޝަރުތު:

  1. ޓެކްނިކަލްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޓެކްނިކަލްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑިގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ކޮމްޕިއުޓަރ ވިއުގައާއި ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބެލެހެއްޓުމުގެ ޢަމަލީމަސައްކަތުގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ ހައްލުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  4. ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުން.
  5. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާތައް ގުޅާލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އަތޮޅުތަކުގައި މަސައްކަތް ކުރުން.
  2. ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ އަދި އީ-ގަވަރމަންޓްގެ ޚިދުމަތް ކަނޑައަޅާފައިވާ ފެންވަރުގައި އެއްއުސޫލަކުން ފޯރުކޮށްދިނުމާއި ޚިދުމަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމާއި،  ބަޔާން ކުރެވިފައިވާ ފެންވަރަށް މައްސަލަ ޙައްލުކޮށް ޑޮކިއުމަންޓް ކުރުން.
  3. އީ-ގަވަރމަންޓްއާއި ގުޅިގެން ދެވޭ ޚިދުމަތްތައް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމާއި އެ ސަރވިސްތަކާއި ގުޅޭ ތަމްރީންތައް ދިނުން.
  4. އީ-ގަވަރމަންޓް އަދި ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައަށް ދިމާވާ މައްސަލަތަކާއި ދެއްވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޙަވާލުކުރާ މަސައްކަތްތައް ޚިދުމަތްލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭ ފެންވަރަށް ފޯރުކޮށްދިނުމުގައި އީ-ގަވަރމަންޓް ސާރވިސް ޑެސްކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއިން ކުރަންޖެހޭ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

       

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                          14 މޭ 2019

 

14 މޭ 2019
ހޯދާ