އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3) - ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ ރެޖިސްޓްރޭޝަން ޔުނިޓް

ނަންބަރު: A)AB-2019/181)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން އަދި ޔުނިޓް:

ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ ރެޖިސްޓްރޭޝަން ޔުނިޓް

އަސާސީ މުސާރަ:

މަހަކު 7035.00 (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1.  މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3.  މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ޔުނިޓަށް އަންނަ މަސައްކަތްތަކާއި، ސިޓީތައް ބަލައި، މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް އަމަލުކުރާނެ ގޮތުގެ އިރުޝާދު ދިނުން.
  • ޔުނިޓުގެ މުވައްޒަފުންނަށް، ޙަވާލުކޮށްފައިވާ މަސައްކަތްތައް ކޮށްފައިވާ މިންވަރު ބަލާ، ސުޕަވައިޒް ކުރުން.
  • ޔުނިޓުން ނިންމަން ޖެހޭ މުހިންމު ކަންކަމުގައި ސެކްޝަންގެ ވެރިޔާއާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާ ހޯދާ، މަސައްކަތްތައް ނިންމައި، އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ޔުނިޓުގެ ދުވަހު ޔައުމިއްޔާ ގަވާއިދުން ލިޔެ ބަލަހައްޓާތޯ ބެލުން
  • ޔުނިޓުގެ ސްޓާފުންގެ ހަފްތާ ރިވިއު ތައްޔާރުކުރުން
  • ޔުނިޓުން ސްޓާފުންގެ ހަފްތާ ރިވިއުގެ މައްޗަށް ބިނާކޮށް މުވައްޒަފުންނަށް ފީޑްބެކް ދިނުން
  • ތައްޔާރުކުރެވޭ ވޯކްޕްލޭނާއި އެއްގޮތައް ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކޮށް ސުޕަވައިޒް ކުރުން
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދުވަހުން ދުވަހަށް އަންނަ ބަދަލު، ކޮމިޝަނުގެ ރަޖިސްޓަރީއަށް ގެނެވޭނެގޮތައް މަސައްކަތް ރާވައި އެކަން ވިލަރެސް ކުރުން
  • އިންތިޚާބަށް ވޯޓު ދިނުމުގެ ޙައްގުލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކޮށް، ވެބްސައިޓާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުކުރުމުގެ މަސައްކަތް ރާވައި އެކަން ވިލަރެސް ކުރުން
  • އެސް.އެމް.އެސް އަދި ހިލޭ ގުޅޭ ނަންބަރުގެ އެހީގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާމީހުންގެ ލިސްޓު ޗެކް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުން
  • އިންތިޚާބަކާއި ގުޅިގެން ގެޒެޓްކުރެވިފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާ ބަލައިގަތުމާ ޖަވާބު ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  • އިންތިޚާބެއްގައި، ވޯޓު ފޮށީގެ ސަރަޙައްދު ކަނޑައެޅުމުން އެފޮށްޓަކަށް ވޯޓުލާނޭ މީހުންގެ ލިސްޓު ތައްޔާރުކުރުން
  • ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ޕްރޮސެސް ވިލަރެސް ކުރުން
  • ޕްރިންޓް ކުރެވޭ ލިސްޓުގައި އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ހުރިހާ އެންމެންގެ މަޢުލޫމާތު ހަމަޔަށް ހުރިކަން ކަށަވަރުކުރުން
  • ވޯޓަރސް ރަޖިސްޓަރީގެ ޑޭޓާބޭސް ބެލެހެއްޓުން
  • ވޯޓަރސް ރަޖިސްޓަރީ އިޞްލާހުކުރުމަށް ކުރަންޖެހޭނެ ކަންކަމަކީ ކޮބާތޯ ބަލައި އެކަންކަން އައިޑެންޓިފައި ކުރުން
  • ވޯޓަރސް ރަޖިސްޓަރީ އިޞްލާހުކުރުމަށް އައިޑެންޓިފައި ކުރެވިފައިވާ ކަންތައް އިންޕްލިމެންޓް ކުރުމަށް ޕްލޭން ކުރުން
  • ވޯޓަރސް ރަޖިސްޓަރީ އިޞްލާހުކުރުމަށް އައިޑެންޓިފައި ކުރެވިފައިވާ ކަންތައް އިންޕްލިމެންޓް ކުރުމަށް ޕްލޭން ކުރެވިފައިވަ ކަންތައް ޔުނިޓުގެ މުވައްޒަފުން ލައްވާ ކުރުވުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތައް ގެންނަން ޖެހޭ އިޞްލާޙު ފާހަގަކޮށް މުވައްޒަފުންނާއި ޙިއްސާކުރުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާނެ ޓްރެއިންގ އައިޑެންޓިފައި ކޮށް، ބޭނުންވާ ޓްރެއިންގ ދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅަކީ ކޮބައިކަން ބަލައި ސެކްޝަންގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އެޕްރައިސަލް ތައްޔާރުކުރުން
  • ރަޖިސްޓްރޭޝަން ޔުނިޓުގެ އަހަރީ ވޯކްޕްލޭން ތައްޔާރުކުރުން
  • ޔުނިޓުގެ މަސައްކަތް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، މިހާރު ކުރަމުންދާ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯބަލައި، އެކަންކަން ސެކްޝަންގެ ވެރިޔާއާއި ޙިއްސާކުރުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.
  • މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން ހާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްޝަންގެ ވެރިޔާ އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މެއި 2019 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (info@elections.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އެސިސްޓަންޓް ޑިރެކްޓަރ – އެމް.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 

09 ރަމަޟާން 1440

14 މޭ 2019
ހޯދާ