ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓިޕާޕަސް ބިލްޑިންގްގައިވާ ފިހާރަބައި ކުއްޔަށް ދޫކުރުން

ޅ.ނައިފަރު މަލްޓިޕާޕަސް ބިލްޑިންގްގައި ހަދާފައިވާ ފިހާރަބައި ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:  (IUL)327-C/327/2019/56އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މި އިމާރާތް ކުއްޔަށް ދޫކުރުމަށް އަލުން އިއުލާން ކުރަމެވެ. އިމާރާތް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރުގެ މުއްދަތަށެވެ.

 

މަޢުލޫމާތު ފޯމް ވިއްކުން

13 މެއި 2019 ވާ ހޯމަ ދުވަހުން ފެށިގެން 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ފޯމް ގަންނަން ލިބޭނެއެވެ. ބިޑް ފޯމެއް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

ޅ. ނައިފަރު މަލްޓިޕާޕަސް ބިލްޑިންގްގައިވާ ފިހާރަބައި ކުއްޔަށް ދޫކުރުމަށް ބާއްވަ ޕްރީ ބިޑް މީޓިންގް އޮންނާނީ 26 މެއި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ހާޒިރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ޕްރީ ބިޑް މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑް ފޯމް ބައްލަވައިގަނެފައިވާނަމަ ބިޑް އޯޕެން މީޓިންގްގައި ބައިވެރިވެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

މަޢުލޫމާތު ފޯރމް ބައްލަވައިގަނެފައިވާ ފަރާތްތަކުން، ބިޑްހުށަހަޅާ ފޯރމް ފުރިހަމަކޮށް ހުށަހެޅުން އޮންނާނީ 27 މެއި 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ.

ވީމާ، ބިޑް ފޯމް ބައްލަވާގަންނަވާފައިވާ ބޭފުޅުން، ބިޑް ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށައެޅުމަށްޓަކައި 27 މެއި 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއެވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

 

13 މޭ 2019
ހޯދާ