މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޚިޔާލު ހޯދުމަށް ހުޅުވާލުން: ގްރީން ކްލައިމެޓް ފަންޑްގެ ދިވެހިރާއްޖޭގެ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީގެ އުސޫލު

އިޢުލާން

ޚިޔާލު ހޯދުމަށް ހުޅުވާލުން:ގްރީން ކްލައިމެޓް ފަންޑްގެ ދިވެހިރާއްޖޭގެ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީގެ އުސޫލު

 

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޤާއިމް ކުރެވިފައިވާ ގްރީން ކުލައިމެޓް ފަންޑް (ޖީ.ސީ.އެފް.) ގެ ރާއްޖޭގެ ނޭޝަނަލް ޑެޒިގްނޭޓެޑް އޮތޯރިޓީ (އެން.ޑީ.އޭ.) ގެ ހައިޘިއްޔަތުން، މިފަންޑާއި ގުޅޭ ގިނަ މަސައްކަތެއް މިމިނިސްޓްރީން މިގެންދަނީ ކުރަމުންނެވެ.

އެން.ޑީ.އޭ.ގެ ހައިޘިއްޔަތުން މި މިނިސްޓްރީން ކުރާ މަސައްކަތްތައް ހަރުދަނާކޮށް، ރާވާ ހިންގުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުމާއި އަދި މިކަމަށް ބޭނުންވާ އިންސާނީ އަދި އެހެނިގެން ވަސީލަތްތައް ތަރައްޤީ ކުރުމަކީ މިމިނިސްޓްރީން އިސްކަންދޭ ކަމެކެވެ.  

މީގެ އިތުރުން، ޖީ.ސީ.އެފް. އާއި މުޢާމަލާތުކުރާނެ އުސޫލުތަކާއި، ޖީ.ސީ.އެފް މެދުވެރިކޮށް އެހީ ހޯދާނެ މަޝްރޫޢުތަކާއި، މަޝްރޫޢުތައް ހުށަހެޅުމުގައި އިސްކަންދޭނެ ދާއިރާތަކާއި، މި ދާއިރާތައް ކަނޑައެޅުމުގައި ގެންގުޅޭނެ އުސޫލުތަކުގެ ދެލިކޮޕީ އަދި އަމިއްލަ ވިޔަފާރިތަކުގެ ހުށަހެޅުންތަކަށް ޢަމަލުކުރާނެ އުޞޫލުގެ ދެލިކޮޕީވެސް މިހާރުވަނީ ތައްޔާރުކުރެވިފައެވެ.

މިދެންނެވި ކަންތައްތައް ހިމެނޭގޮތަށް " ޖީ.ސީ.އެފް. އެން.ޑީ.އޭ. މެނުއަލް އޮފް ދި ރިޕަބްލިކް އޮފް މޯލްޑިވްސް " ގެ ދެލިކޮޕީ މިހާރުވަނީ އެކުލަވާލެވިފައެވެ.

ވީމާ، މިދެންނެވި މެނުއަލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މިގޮތުން، ޚިޔާލު ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected]   އަށް އީމެއިލްކޮށް ދެއްވުމަށް ދަންނަވަމެވެ. މިދެންނެވި އުސޫލުތައް މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

08 މޭ 2019
ހޯދާ