ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ މީޑިއާ އިކްއިޕްމަންޓްސް ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ މީޑިއާ އިކްއިޕްމަންޓްސް ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހަށް މީޑިއާ އިކްއިޕްމަންޓްސް ވިއްކާނެ ފަރާތެއް ހޯދުމަށް 28 އެޕްރީލް 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2019/49) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ތަކެތި މި އޮފީހަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 މޭ 15 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 މޭ 22 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

7 ރަމަޟާން 1440

12 މޭ 2019
ހޯދާ