ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބ.ތުޅާދޫ ބުރާންޗުގައި އޮފީސް ބުލޮކެއް އިމާރާތް ކުރުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/088

 

 

އިޢުލާން

ބ.ތުޅާދޫ ބުރާންޗުގައި އޮފީސް ބުލޮކެއް އިމާރާތް ކުރުމާއި ގުޅޭ:

 

     މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް  ބ.ތުޅާދޫ ބުރާންޗުގައި އޮފީސް ބުލޮކެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރFNK-I/IUL/2019/083   އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

     މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މެއި  2019 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ.ތުޅާދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 9:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ބ.ތުޅާދޫ ބްރާންޗަށެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

                     04 ރަމަޟާން 1440

 

            

 

09 މޭ 2019
ހޯދާ