ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

  • ި އިންސްޓިޓިއުޓަށް  30 އެގްޒެކްޓިޗް ޗެއަރހައިބެކް، 08 މީޑިއަމް ބެކް ޗެއަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު (IUL)451-FP/1/2019/9   އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލު ކުރުމަށްފަހު 2 ވަނަ ފަހަރަށް 30 އެގްޒެކްޓިޗް ޗެއަރހައިބެކް، 08 މީޑިއަމް ބެކް ޗެއަރ ގަތުމަށް  އިޢުލާން ކުރީމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.  
  • މި ޕްރޮޖެކްޓްގައި ބައިވެރިވަން އެދޭ ފަރާތްތަކުން 2019 މޭ 09 އިން ފެށިގެން 2019 މޭ  14 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މި ޕްރޮޖެކްޓު  އާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2019 މޭ 15 ވަނަ ދުވަހުގެ  13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދެމެވެ.
  •  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 މޭ 21 ވަނަ ދުވަހު  11:30ގައި ޤާޒީބިލްޑިންގ  2ވަނަ ފަންގި ފިލާގައެވެ.

މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނއެއެވެ.

        ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

 އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3023511

އީ.މެއިލް:   [email protected]

 

 

            އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511

 ނަމްބަރ ފޯނާއެވެ.

08 މޭ 2019
ހޯދާ