ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެމިދަންނަވާމަޤާމްތަކަށްމުވައްޒަފުންބޭނުންވެއްޖެއެވެ.

 

މަސައްކަތްކުރަންޖެހޭ ތަން

އަސާސީ މުސާރަ

ޢަދަދު

މަޤާމު

އެސް.ޓީ.އޯ ހެންވޭރު ފާމަސީ

-/4350ރ

1

ފާރމަސިސްޓް

އެސް.ޓީ.އޯ އައި.ޖީ.އެމް.އެޗް ފާމަސީ

-/4350ރ

3

ފާރމަސިސްޓް

 

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި 1500.00ރ އާއި 2450.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
  • މަތީތަޢުލީމު ހާޞިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތު

  • ބޭސް ދޫކުރުން
  • ކޭޝް އަދި ކްރެޑިޓް ބިލް ހެދުން
  • ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން
  • ހަރުތަކުގައި ބޭސްޖެހުމާއި މުއްދަތުހަމަވާ ބޭސްތައް ބަލާ ޗެއްކުރުން

 

ފެންވަރު ނުވަތަ ޝަރުތު

  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮއްފައިވުން ނުވަތަ
  • ސެޓްފިކެޓް 4 އިން ފާމަސީ ފުރިހަމަ ކޮށްފައިވުން

އެހެނިހެން ހުނަރު

  • މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒަފެއް ކަމުގައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 މެއި 15 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާޡިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]

2019 މެއި 08                               

 

 

08 މޭ 2019
ހޯދާ