މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ.ކެންދޫ ސިއްހީމަރުކަޒުގައި ޕޯޓިކޯ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅޭ

އިޢުލާން

ބ.ކެންދޫ ސިއްހީމަރުކަޒުގައި ޕޯޓިކޯ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: IUL)23-AP/23/2019/124)  (އޭޕްރިލް 28 2019) އިއުލާނާއި ގުޅިގެން ޕްރީބިޑް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ (05 މޭ 2019)، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމެވުމާއި ގުޅިގެން  ޕްރީބިޑް ސެޝަން އަދި އަންދާސީހިސާބު ހުށަހަޅާ ދުވަހަށް ވަނީ ބަދަލުގެނެވިފައެވެ.

ވީމާ، ޕްރީބިޑް ސެޝަން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ ސޯސަންމަގު) އާއި ބ.އަތޮޅު ހޮސްޕިޓަލްގައި އަދި ބ.ކެންދޫ ސިއްހީމަރުކަޒުގައިއެވެ.

އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 13 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ ސޯސަންމަގު) އާއި ބ.އަތޮޅު ހޮސްޕިޓަލްގައި އަދި ބ.ކެންދޫ ސިއްހީމަރުކަޒުގައެވެ.

02 ރަމަޟާން 1440

 

07 މޭ 2019
ހޯދާ