މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކުރުމާއިގުޅޭ

ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކުރުމާއިގުޅޭ

ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކޮށް، ހިނގާބިނގާވާ ފަރާތްތަކަށާއި މަގުދުއްވާ އުޅަނދުފަހަރަށް ފަސޭހަ މާޙައުލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، 2019 ޖޫން 20 ވަނަ ދުވަހުގެ ކުރިން، މިހާރު މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި ،އިންދާފައިވާ ގަސްތައް އަދި މަގުމައްޗަށް ތިރިވެފައިވާ ގަސްތަށް ކޮށާ ސާފުކުރުމަށް އެންމެހާ ރައްޔިތުންނަށް އަންގަމެވެ. މިދެންނެވި ތާރީޚުން ފެށިގެން މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓުމާއި އެއްވެސް ބާވަތެއްގެ ގަހެއް މަގުތަކާއި ގޯޅިތަކުގައި އިންދާ ހެއްދުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. ކައުންސިލްގެ ހުއްދަ ނެތި އެކި ކަންކަމުގައި މަތުގަކާއި ގޯޅިތައް ބޭނުންކުރާ ފަރާތްތަކާއިމެދު މަތީގައި ދެންނެވި ތާރީޚުން ފެށިގެން ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ. އަދި މީގެ ފަހުން ހުއްދަ ނެތި މަގުތަކާއި ގޯޅިތަކުގައި ބަހައްޓާ ތަކެތި ނައްތާލުމުގެ މަސައްކަތް، މިކައުންސިލާއި މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

07 މޭ 2019
ހޯދާ