ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

 

 1. ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ޙިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 22:00 ގައި ދަރުބާރުގެ، ރަންނަބަނޑޭރި މާލަމުގައެވެ.

 2. ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. ފާއިތުވި އަހަރު  ކުންފުނީގެ ޕާފޯމަންސް ރިޕޯޓް ހުށަހެޅުން.
  3. ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛

      3.1. 30 މޭ 2018 ވީ ބުދަ ދުވަހު ބޭއްވި މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ.

      3.2. 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.

      3.3. 2018 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް.

      3.4. ޑިރެކްޓަރުންގެ ބޯޑުން ޙިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.

      3.5. 2019 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

  4. ކުރިޔަށް އޮތް އަހަރަށް ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން ޢައްޔަންކުރުން.

  5. ޙިއްސާދާރުންގެ ޚިޔާލުފާޅުކުރުން.

  6. ޖަލްސާ ނިންމުން.

 

 3 .ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 25 އޭޕްރިލް 2019 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

 

4. "އަހަރީ ޢާންމު ޖަލްސާ 2018 އަށް ރަޖިސްޓަރީކުރުމަށް އެދޭ ފޯމް"

އަހަރީ ޢާންމު ޖަލްސާއަށް ހާޒިރުވެ ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، "އަހަރީ ޢާންމު ޖަލްސާ 2018 އަށް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓަރީކުރެއްވުން އެދެމެވެ. މިފޯމު ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

5. ޖަލްސާއަށް ރަޖިސްޓަރީކުރުން

ޖަލްސާއަށް ހާޒިރުވާން ބޭނުންފުޅުވާ ޙިއްސާދާރުން 14 މޭ 2019 ވާ އަންގާރަ ދުވަހުގެ ރޭ 12:00 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ކުންފުނީގެ ވެބްސައިޓް www.sto.mv  ގައި ޖަލްސާއަށް ޚާއްޞަކޮށްފައިވާ އޮންލައިން ޕޭޖު މެދުވެރިކޮށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާ "އަހަރީ ޢާންމު ޖަލްސާ 2018 އަށް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު"، [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓަރީ ކުރެވިދާނެއެވެ. ރަޖިސްޓަރީކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަަކަށް އެޑްމިޝަން ކާޑެއް ހަވާލުކުރެވޭނެއެވެ.

އަހަރީ ޢާންމު ޖަލްސާ އަދި ރަޖިސްޓަރީ ކުރުމާގުޅޭ އިތުރު މަޢުލޫމާތު "ޙިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018" ގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާނެއެވެ.

 

6. ޕްރޮކްސީ ހުށަހެޅުން

ޙިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް އެހެން ފަރާތެއް ފޮނުއްވަން ބޭނުންފުޅުވާނަމަ، "އަހަރީ ޢާންމު ޖަލްސާ 2018 އަށް ރަޖިސްޓަރީކުމަށް އެދޭ ފޯމު" މެދުވެރިކޮށް 14 މޭ 2019 ވާ އަންގާރަ ދުވަހުގެ ރޭ 12:00 ގެ ކުރިން ރަޖިސްޓަރީކުރެއްވުން އެދެމެވެ.

ކުންފުނީގެ ވެބްސައިޓް www.sto.mv  ގައި ޖަލްސާއަށް ޚާއްޞަކޮށްފައިވާ އޮންލައިން ޕޭޖު މެދުވެރިކޮށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާ "އަހަރީ ޢާންމު ޖަލްސާ 2018 އަށް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ފޯމު ހުށަހަޅުއްވައިގެން ޕްރޮކްސީ ރަޖިސްޓަރީ ކުރެއްވިދާނެއެވެ. ރަޖިސްޓަރީކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޕްރޮކްސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތައްވެސް އެޑްމިޝަން ކާޑެއް ހަވާލުކުރެވޭނެއެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން، ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެމްބަރުންގެ ޕްރޮކްސީއެވެ. ޕްރޮކްސީ ޢައްޔަނުކުރުމާގުޅޭ އިތުރު މަޢުލޫމާތު މިކުންފުނީގެ "ޙިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018" ގައި ބަޔާންކޮށްފައިވާނެއެވެ.

 

6. ޕްރޮކްސީ ބާޠިލްކުރުން

ޕްރޮކްސީ ބާޠިލްކުރައްވަން ބޭނުންފުޅުވާ ޙިއްސާދާރުން 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 21:00 ގެ ކުރިން "ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމު" މެދުވެރިކޮށް [email protected] އީމެއިލް އެޑްރެހަށް އަންގަވަން ވާނެއެވެ.  

 

7. ހާޒިރީ މާކުކުރުން

ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ހާޒީރީ މާކުކުރުމަށް ހަމަޖެހިފައިވަނީ 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 21:00 އިން 21:45 އަށް ދަރުބާރުގޭގައެވެ. ހާޒިރީ މާކުކުރުމަށް ވަޑައިގަންނަވާއިރު އެޑްމިޝަން ކާޑު އަދި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ މިއިޢުލާންގައި ބަޔާންކޮށްފައިވާ ސުންގަޑިތަކުގެ ކުރިން ޖަލްސާއަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށެވެ.

 

8. ޙިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018

މިފޮތް ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިފޮތް ކޮންމެ ޙިއްސާދާރަކުވެސް ކިޔުއްވުމަށް އިލްތިމާސްކުރަމެވެ.  

 

9. 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ

30 މޭ 2018 ވީ ބުދަ ދުވަހު ބޭއްވި މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު   10 އޭޕްރީލް 2019 ވީ ބުދަ ދުވަހު ކުރި މިކުންފުނީގެ ނަންބަރު 60-ADM/2019/86 އިޢުލާނުން ވާނީ ހުޅުވާލެވިފައެވެ. އިސްލާޙު ހުށަހެޅުމުގެ މުއްދަތު 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށް ހަމަވާނެއެވެ.  

ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، ކޮމްޕެނީ ސެކްރެޓޭރިއޭޓަށް އެޑްރެސްކުރައްވާ ލިޔުމަކުން ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ނުވަތަ 3344533 ނަންބަރު ފެކްސްއަށް ނުވަތަ [email protected] އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

 

10. 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް

ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، 30 އޭޕްރީލް 2019 ވީ އަންގާރަ ދުވަހު، މިކުންފުނީގެ ވެބްސައިޓްގައި ވާނީ ޝާއިޢުކުރެވިފައެވެ.

 

11. ކުންފުނީގެ ފައިދާއިން 2018 ވަނަ އަހަރު ޙިއްސާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދު

ކުންފުނީގެ ފައިދާއިން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ޙިއްޞާއަކަށް 58ރ (ފަންސާސް އަށް) ރުފިޔާ އެވެ. މިފައިދާ ލިބިވަޑައިގަންނަވާނީ 25 އޭޕްރީލް 2019 ގެ ނިޔަލަށް ޙިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށެވެ.

 

12. 2019 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2019 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހޯދިފައިވެއެވެ. މިފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ؛

އޮޑިޓް ފާރމް

ހުށަހެޅުއްވި އަގު ޔޫއެސް ޑޮލަރުން

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން

ކޭޕީއެމްޖީ

49,820.00

ފާއިތުވި 5 އަހަރު ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

ޕްރައިސްވޯޓަރހައުސްކޫޕަރސް

56,922.00

-

އަރނެސްޓް އެންޑް ޔަންގު

57,240.00

-

މިފަރާތްތަކުގެ ތެެރެއިން 2019 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ ކޭޕީއެމްޖީއެވެ.

 

13. ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުން ޢައްޔަންކުރުން އަދި އިންތިޚާބުކުރުން

ކުރިޔަށް އޮތް ދައުރަށް ސަރުކާރުގެ ފަރާތުން ކުންފުނީގެ ބޯޑަށް ޢައްޔަންކުރައްވާ ޑިރެކްޓަރުންގެ ނަންތައް ކުންފުންޏަށް އަދި ހުށަހަޅާފައިނުވެއެވެ. ވުމާއެކު، މިވަގުތު ކުންފުނީގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ ޑިރެކްޓަރުންނަކީ؛

  1. އަލްފާޟިލް ޙުސެއިން އަމްރޫ މުޙައްމަދު ރަޝާދު / ގ. ހައްދުންމަތީ ދެކުނުގެ
  2. އަލްފާޟިލް މުޙައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ
  3. އަލްފާޟިލް ޢާމިރު މަންޞޫރު / މއ. މަނަސް
  4. އަލްފާޟިލާ މަރިޔަމް ޒާހިޔާ / ހ. ތަރަފު

ކުރިޔަށް އޮތް ދައުރަށް، އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް 6 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުއްވި ފަރާތްތައް ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކޮށް އިވެލުއޭޓްކުރުމަށްފަހު، ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަކީ؛

  1. އަލްފާޟިލާ ޢާއިޝަތު ފަޒީނާ / ބިލަތްމާގެ، ގދ.ގައްދޫ
  2. އަލްފާޟިލާ އާމިނަތު ރުޝްމާ / ހ. މޮސްކޯގެ
  3. އަލްފާޟިލް މަންޞޫރު ޒުބައިރު / ކޮތަންމާގެ، ސ.ހިތަދޫ
  4. އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު / މއ.މަލުވިލާ

މިފަރާތްތަކުގެ ވަނަވަރު، "ޙިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018" ގައި ހިމެނިފައިވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ.

 

14. އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުން

ކުންފުނީގެ ޢާންމު ޖަލްސާއެއްގައި ފާސްކުރާ ކޮންމެ ޤަރާރެއްވެސް ފާސްކުރާނީ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ. އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޖަލްސާގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ޙިއްޞާގެ (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް 1 (އެކެއް)  ވޯޓު ދެވޭނެއެވެ. ކުންފުނީގެ ހިންގާ ޤަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުގެ މަތީން، ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިޞިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަނަށް ދެވިދާނެއެވެ. އަދި ހިންގަ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެމަތިން މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަކަމާއިމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ. ވޯޓު ދިނުމާބެހޭ އިތުރު މަޢުލޫމާތު، "ޙިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018" ގައި ބަޔާންކުރެވިފައިވާނެއެވެ. އަދި ވޯޓާބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

30 އޭޕްރީލް 2019

 

01 މޭ 2019
ހޯދާ