ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ ( ހއ ހޯރަފުށީ ޞިއްޙީމަރުކަޒު )

އިޢުލާން

ހއ. ހޯރަފުށީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

  ޑްރައިވަރ 

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ނަންބަރ:

J-268165

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެސް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާރފް ގްރޭޑް2

ސެކްޝަން / ޔުނިޓް

 އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް

 ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

 ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް 1200.00ރ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޓް
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި، ވާޖިބްތައް:

  1. ޞިއްޙީމަރުކަޒުގައި ކުރަންޖެހޭ  އެމްބިއުލާންސް ދަތުރުތައް ޤަވައިދުން ލަސްނުކޮށް ކުރުން
  2.  އެމްބިއުލާންސްގެ އެތެރެއާއި، ބޭރު ކަނޑައެޅިފައިވާ އުޞޫލުގެ މަތީން ދޮވެ ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން. 
  3. އެމްބިއުލާންސްގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ އަދި އެހެނިހެންތަކެތި އޮފީހުގެ ކަމާބެހޭ މުވައްޒަފަކާއި ގުޅައިގެން ހޯދުން. އަދި ތެޔޮ ބަދަލު ކުރުމާއި، މެއިންޓަނަންސް ކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. އެމްބިއުލާންސްގެ އެއްވެސްކަހަލަ މަރާމާތެއްވާނަމަ ނުވަތަ އެއްވެސް މައްސަލައެއް ފާހަގަ ކުރެވޭނަމަ އެކަމެއް ލަސްނުކޮށް ސުޕަވައިޒަރަށް ހުށަހަޅައިގެން އަވަހަށް ޙައްލުކުރުމަށް މަސައްކަތްކުރުން.
  5. މަރުކަޒުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ހޯލާއި، ގޯތިތެރެ ތައްޔާރުކުރުމުގެ މަސައްކަތުގައި އަމަލީގޮތުންބައިވެރިވުން. 
  6. އެކިފަރާތް ތަކަށް ޙަވާލުކުރަން ޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ހަވާލުކުރުން.
  7. ޞިއްޙީމަރުކަޒުގައި ހިންގާ ޙަރަކާތްތަކުގައި އޮފީހުންހުން އަންގާ ގޮތެއްގެމަތީން ޢަމަލީގޮތުން ބައިވެރިވުން.   
  8. މުވައްޒަފުގެ މަސައްކަތާއި ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ، ކަނޑައެޅިފައިވާ ތާރީހުތަކުގައި މިމަސައްކަތްތައް ނިންމުމަށް މަސައްކަތްކުރުން
  9. އެމްބިއުލެންސް ދަތުރު ތަކުގެ ލޮގް ޤަވައިދުން ލިޔުމާއި ސްޕަވައިޒަރ ލައްވައި ލޮގްގައި ސޮއިކުރުން  

 

  މަޤާމުގެޝަރުޠު

 

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުން

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.  )

2-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.  

5-      ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ

6-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅައިފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒިފާއަށް ވަނުމަށްއެދޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްތަކުގެ ކޮފީ.

8-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެތްތަކުގެ ކޮޕީ.

9-      މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އެފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-    ތަޢުލީމާއި ތަމްރީން:                                   

-    މަސައްކަތުގެ ތަޖްރިބާ:                                   

-    ލިބިފައިވާ ހުނަރު ( އިންޓަރވިއު/ ޕްރެކްޓިކަލްސް )               

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މެއި 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހއ ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން  ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 މެއިމަހުގެ ތެރޭގައި ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުން އެތާރީޚް ތަކުގައި އިންޓަރވިއު އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑިގައި 6500064 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected]. އަށެވެ.    

29 އޭޕްރިލް 2019
ހޯދާ