ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ރަމަޟާންމަހު ކުރިޔަށްގެންދާ ޕްރޮގްރާމްތަކަށް ބޭނުންވާ އިނާމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/32

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-011-19) PSM - TVM Pro /2019/44, 45, 46

(PROC-011-19) PSM - DRA Pro /2019/34

(PROC-011-19) PSM - DRA Pro /2019/07, 08

 

 

 

 

 

އިޢުލާން

              ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

  1. މިކުންފުނީގެ ޗެނަލްތަކުން މި އަހަރު ރަމަޟާންމަހު ކުރިޔަށްގެންދާ ޕްރޮގްރާމްތަކަށް ބޭނުންވާ އިނާމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/31 ނަންބަރ އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް،ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 އޭޕްރީލް 2019 އިން ފެށިގެން 29 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓްކުރުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 09:00އިން 16:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މަޢުލޫމާތު ބައްދަލުވުން އޮންނާނީ 29 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) ގައެވެ. އަދި 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
  4. މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން  ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000.00ރ (ދިހަހާސް ރުފިޔާ) ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 1،000،000.00ރ (އެއްމިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން ޕާރފޮމެންސް ސެކިއުރިޓީގެ ގޮތުގައި ބިޑް ކުރާ ފައިސާގެ ޖުމްލަ އަދަދުގެ (ދިހައެއް) ޕަސެންޓް ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
  5. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.

        

                           20 ޝައުބާން 1440 

                           25 އޭޕްރީލް  2019

25 އޭޕްރިލް 2019
ހޯދާ