މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށި ޖަލު ޔުނިޓް 2،3،4 ޔުނިޓް އޮފީސް އިމާރާތް ކުރުމާއި ގުޅޭ:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ.މާފުށި ޖަލު ޔުނިޓް 2،3،4ގެ އޮފީސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ:- (IUL)167-PR/167/2019/20 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެ ފަރާތުންކަމަށްވަތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.   

 ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

05 މެއި 2019

އާދިއްތަ

11:00  

އަންދާސީހިސާބު ހުށަހެޅުން

09 މެއި 2019

ބުރާސްފަތި

11:00  

25 އޭޕްރިލް 2019
ހޯދާ