މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

އިޢުލާން

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

ޤާނޫނު ނަންބަރު 03/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނުނު) ގެ 07 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގެ ޢަމަލު ކުރާނެ އުޞޫލުގެ ދަށުން މި އިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވެތޯ ބެލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ " ދައުލަތުގެ އޮފީހަކުން މުދާ ބޭނުންވޭތޯ ޗެކްކުރާ ފޯމް" ގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އިދާރާތަކުން 2019 މޭ 07 ވާ އަންގާރަ ދުވަހުގެ 11:30 ކުރިން މިއިދާރާއަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.

25 އެޕްރީލް 2019

25 އޭޕްރިލް 2019
ހޯދާ