ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިވެންޓްއެއް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިވެންޓްއެއް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ޝަރުޢީ ދާއިރާގެ މަގުޗާޓު އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ ރަސްމިއްޔާތު 2019 މެއި 01 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރިލް 27 ވާ ހޮނިހިރު ދުވަހުގެ 13:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޭޕްރިލް 30 ވާ އަންގާރަ ދުވަހުގެ 09:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19  ޝަޢުބާން  1440

24 އޭޕްރިލް 2019
ހޯދާ