މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަގާމް

އެކައުންޓްސް އޮފިސަރ

މަޤާމް ނަމްބަރު

J-282170

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / އެކައުންޓްސް އެންޑް ރެވެނިއު ސަބް ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރު އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ދުވަހުން ދުވަހަށް ޕޭމަންޓް ވައުޗަރ ޗެކުކޮށް، އެންޓަރ ކުރުމާއި، ދުވަހުން ދުވަހަށް ޕޭމަންޓް ވައުޗަރ ޑޮކިއުމަންޓް ސްކޭންކޮށް އެޓޭޗް ކުރުން.
  2. "ސެޕްގެ" ކްލިއަރިންގ ޑޮކިއުމަންޓް އާއިބެހޭ މަޢުލޫމާތު ހަފްތާއަކު އެއްފަހަރު ޗެކްކުރުމާއި، މަހަކު އެއްފަހަރު މުސާރަ ޗެކްކުރުމާއި ޕެންޝަން ފައިސާގެ ހިސާބު ޗެކްކުރުން.
  3. މުސާރަ ޗެކްކުރުމާއި ޕެންޝަން ފައިސާގެ ހިސާބު މަހުން މަހަށް ޗެކްކުރުމާއި، ވެންޑަރ ފޯމް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކުރުން.
  4. ދުވަހުން ދުވަހަށް ރެވެނިއު ޝީޓް ސެޕަށް އެންޓަރ ކުރުމާއި އެޓޭޗް ކުރުން
  5. އަހަރު ނިމުމުން ފައިނޭންޝިއަލް ސްޓޭޓްމަންޓް ތައްޔާރުކުރުން
  6. ކައުންޓަރުން ބަލައިގަންނަ ފައިސާ ޑެއިލީ ކޭޝް ކަލެކްޝަން ޝީޓް ފައިސާ ޗެކްކުރުމަށް ފަހު ފައިސާ ބަލައިގަތުން

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ފައިނޭންސް ނުވަތަ އެކައުންޓިންގ އާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

މަގާމް

އެސިސްޓެންޓް ލައިސަންސިންގ އޮފިސަރ

މަޤާމް ނަމްބަރު

247727J-282132 /J-247728/J-

ބޭނުންވާ އަދަދު

03

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލޭންޑް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް / ލައިސަންސިންގ ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުތައް ވެރިފައިކޮށް ސިސްޓަމަށް އެންޓަކުރުން.
  2. ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ ތިއަރީ ޓެސްޓްދިނުން.
  3. ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިއަރީ ޓެސްޓުން ފާސްވާ ފަރާތްތަކަށް އަމަލީ އިމްތިހާނު ދިނުމަށްޓަކައި އެފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް ޗެކްކުރުމަށްފަހު އެޕްލިކޭޝަންފޯމްތައް ލިސްޓާ އެޓޭޗްކޮށް އެގްޒަމިނަރުންނާ ލިސްޓް ޙަވާލުކުރުން.
  4. ޑްރައިވިންގ ލައިސަންސްއާއި އޮޕަރޭޓިންގ ހުއްދަ ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ޗެކްކޮށް ވެރިފައި ކުރުމަށްފަހު ލައިސަންސް ކާޑު ޕްރިންޓްކުރުމާއި އޮޕަރޭޓިންގ ހުއްދަ ހެދުން.
  5. ނިމިފައިހުރި ޑްރައިވިންގ ލައިސަންސްކާޑްތަކާއި އޮޕަރޭޓްކުރުމުގެ ހުއްދަތަކުގެ ލިސްޓް ތައްޔާރުކޮށް ޕެކް ކުރުމަށްފަހު ޑެލިވަރީ ކައުންޓަރާ ހަވާލުކުރުން.
  6. ޓްރާންސްޕޯޓް އޮތޯރިޓީއާއި އަތޮޅުތަކުން ދޫކުރާ ޑްރައިވިންގ ލައިސަންސްއާއި އޮޕަރޭޓްކުރުމުގެ ހުއްދައިގެ ތަފާސް ހިސާބް ބެލެހެއްޓުން.
  7. ޑްރައިވިންގ ލައިސަންސްއަށްއެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމްތައް ފަސޭހައިން ފެންނާނެހެން ފައިލްކުރުން.
  8. ޑްރައިވިންގ ލައިސަންސްއާއި ގުޅޭ ގޮތުން އޮފީހަށްލިބޭ އެންމެހައި ލިޔެކިޔުންތަކަށް ޖަވާބުދިނުން. އަދި ލައިސަންސާއި ބެހޭ އެންމެހައި ޑޮކިއުމެންޓްސްތައް ދުވަހުން ދުވަހަށް ފައިލްކުރުން.
  9. ޑްރައިވިންގް ސްކޫލްގެ ލައިސަންސްދޫކުރުން އަދި ޑްރައިވިންގ ސްކޫލްތަކުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންގެ ހުއްދަހަދައި ރިކޯޑްބެލެހެއްޓުން.
  10. ޓެކްސީ ސެންޓަރުގެ ލައިސަންސްދޫކުރުން އަދި ޓެކްސީޑްރައިވަރުންގެ ޓެކްސީކުރުމުގެ ހުއްދަހެދުން.
  11. ޑްރައިވިންގ އެގްޒަމިނަރުންގެ އެގްރިމެންޓްހެދުމާއި އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށްފޮނުވުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

                                                                                                                       

މަގާމް

ރަޖިސްޓްރޭޝަން އޮފިސަރ

މަޤާމް ނަމްބަރު

J-282123/J-282122 /

ބޭނުންވާ އަދަދު

02

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަގާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލޭންޑް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް / ވެހިކަލް ރަޖިސްޓްރޭޝަން ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ލިޔެކިޔުންތައް ހުށަހެޅުމުން އެލިޔުންތައް ވެރިފައި ކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާތާ 05 ދުވަސްތެރޭގައި ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ އާއި ރޯޑްވަރދިނަސް ސްޓިކަރ ނިންމުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ހަވާލުކުރުމާއި އެއްގަމު ރަޖިސްޓްރީ އާއި ބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 

  1. އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެން އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމް ހުށަހަޅާތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ޙަވާލުކުރުން

 

  1. ޕްރޮވިންސްތަކުން ރަޖިސްޓްރީކުރުމަށް ފޮނުވާ ލިޔުންތަކާއި ރޯދްވަރދިނަސް ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް އޮތޯރިޓީއަށް ލިބޭތާ 05 ދުވަސް ތެރޭގައި ރަޖިސްޓްރީތައް ނިންމާ، ލެމިނޭޓްކޮށް، ޕެކްކުރުމަށްފަހު އެޕްރޮވިންސްއަކަށް ފޮނުވުން.

 

  1. މާލެއާއި އަތޮޅުތަކުގެ ޓެކްސީ ޚިދުމަތް ދޫކުރުމުގެ މަސައްކަތް ޤަވާއިދާއި އެއްގޮތަށް މިމަސައްކަތާ ޙަވާލުވެހުންނެވި ވެރިއެއްގެ މަޝްވަރާގެމެތިން ކުރުމާއި، އެ ޓެކްސީ ތަކުގެ ޓެކްސީ ސްޓިކަރ ތައްޔާރުކުރުމަށްފަހު ކަނޑައެޅިފައިވަ ތާރިޚަށް ދޫކުރުމާއި،  މާލޭގައި ދުއްވާ ޓެކްސީ ޑްރައިވަރުންނަށް ހުއްދަ ހެދުމާއި އެހުއްދަ ދޫކުރުމާއި އަދި ސެންޓަރުތަކުގައި އުޅޭ ޑްރައިވަރުންގެ މައުލޫމާތުތައް އަޕްޑޭޓް ކުރުމާއި މަޢުލޫމާތުތައް ޤަވާއިދުން  ބެލެހެއްޓުން.

 

  1. އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދައަށް އެދޭތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ޑޮމެއިން ބަލަހއްޓާ ވެރިއެއްގެއަރިހަށް ގެނެސް ޑޮމެއިން ހުއްދަ ނިންމުމަށްފަހު ތަކެތިދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ޙަވާލުކުރުމާއި ހުއްދަތަކާއި ބެހޭ ލިޔުންތައް ދުވަހުން ދުވަހަށް، ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 

  1. ބޭންކްތަކުން ފޮނުވާ މޯގޭޖްކޮށްފައިވާ އުޅަނދުތަކުގެ ސިޓީ ލިބުމުން އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓްރީކުރުމާއި، ކެންސަލްކުރުމާއި އަދި މިކަމާއި ގުޅޭ ރެކޯޑްތައް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއި، ވެރިފަރާތުން ފައިސާ ދެއްކުމުން ވީހާވެސް އަވަހަކަށް ބޭންކްތަކަށް މޯގޭޖް ރަޖިސްޓްރީތައް ފޮނުވުން.

 

  1. ކޯޓްތަކުން އެކިއެކި ކޮމްޕެނީ ތަކާއި ، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީފޮނުއްވުމުން، އެމައުލޫމާތު ތަކަކީ އެފަރާތައް ދިނުން ރަގަޅު މައުލޫމާތެއްތޯ ބެލުމަށްފަހު 3 ދުވަހުތެރޭގައި ޖަވާބު ދިނުން.

 

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

                                                                                                                       

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv  އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 މޭއި 2019 އިން ފެށިގެން 20 މޭއި 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އެޕްރީލް 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

 

17 ޝައުބާން         1440

22 އެޕްރީލް           2019

22 އޭޕްރިލް 2019
ހޯދާ