މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސާރ (އެފް.އޯ)

އައި.ޑީ.ބީ -  ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ފައިނޭންސް އޮފިސާރ (އެފް.އޯ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އެމް.އެން.ޕީ.އައި) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރިއަށްގެންދާ 'ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް' މަޝްރޫޢުއަށް ފައިނޭންސް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

ފައިނޭންސް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރ/ޕްރޮޖެކްޓް ޑިރެކްޓަރއަށް މަޝްރޫޢުގެ ފައިނޭންސްއާއި ގުޅޭގޮތުން ލަފާދިނުމާއި ފައިނޭންސް އަދި އެކައުންޓިންގ ނިޒާމެއް ޤާއިމުކޮށް ރިކޯޑްތައް ބެލެހެއްޓައި ވަގުތުން ވަގުތައް ބޭނުންވާ ރިޕޯޓުތައްޔާރުކުރުމާއި އަދި މަޝްރޫޢުގެ އޮޕަރޭޝަން މެނުއަލް ތައްޔާރުކޮށް އޭގެ ދަށުން ތައްޔާރުކުރުމަށް ބޭނުންވާ އެކައުންޓިންގ ޕޮލިސީތަކާއި ޕްރޮސީޖަރ އަދި ފަންޑުތައް ބެލެހެއްޓުން ހިމެނެއެވެ.

 ފައިނޭންސް އޮފިސަރގެ  މަޤާމަށް  ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ)މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާންޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާޞިލް ކޮށްފައިވުން.

ށ)މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 02 އަހަރު ދުވަހު  ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްއެއްގައި މަސައްކަތް ކޮށްފައިވުން، އަދި މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ފައިނޭންސް މެނޭޖްމަންޓް އާއި އެކައުންޓިންގ މަސައްކަތްތައް ހިމެނުން.

ނ)ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ރ)އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

ބ)ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

ޅ)މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ކ)މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާއި ހަވާލުކުރެވިފައިވާ  ސިވިލް ސާރވިސް މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 20,160 ރުފިޔާ އާއި 28,800 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ އަށް (08) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔެކިޔުންތައް

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް secretatriat@planning.gov.mv އީމެއިލް ކުރެއްވުން އެދެމެވެ.

ސުންގަޑި

ޝަޢުޤުވެރިވާ ފަރާތްތަކުން 09 މެއި 2019 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: +960 3004 388

އީމެއިލް: secretatriat@planning.gov.mv

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް secretatriat@planning.gov.mv އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް  3004 388 އަށް ގުޅުއްވުން އެދެމެވެ.

22 އޭޕްރިލް 2019
ހޯދާ