ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުސިލުން ހިންގުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ތަފްޞީލް

ބޭނުންވާ އަދަދު

01

ޕިކަޕް (1.5 ޓަނުގެ)

01

02

ޑަސްޓް ބީން (100 ލީޓަރސް)

130

03

ޑަސްޓް ބީން (20 ލީޓަރސް)

100

04

ވީލް ބަރޯ (ފައިބަރު)

02

05

ފަކީރާ (މީޑިއަމް)

05

06

އުދަލި (މީޑިއަމް)

05

07

ކައްޓި

02

 

                މިތަކެތި  ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީ ހިސާބު ހުށަހެޅުން

07 މެއި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި

16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި.

 

މި މިތަކެތި ސަޕްލައި ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760045  ނަމްބަރ ފޯނާއެވެ.

                ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2019
ހޯދާ