މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ނިޝާން އިއްޒުއްދީންގެ ޢިއްޒަތެރިވެރިޔާ ހ.ބުރެވިމާގޭ އަލްފާޟިލް މުޙައްމަދު ޒާހިރުގެ ތއުބީންގެ ޖަލްސާއަށް ސައި ހެދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                      ނަމްބަރ: IUL 10-F/10/2019/51

އިޢުލާން

   ނިޝާން އިއްޒުއްދީންގެ ޢިއްޒަތެރިވެރިޔާ ހ. ބުރެވިމާގޭ އަލްފާޟިލް މުޙައްމަދު ޒާހިރުގެ ތައުބީން ޖަލްސާ 2 މެއި 2019 (ބުރާސްފަތި) ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް 1000 މީހުންނަށް ސައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

21 އޭޕްރިލް 2019
ހޯދާ