މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ.ވެލިދޫ ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ނ.ވެލިދޫ ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/70) (މާރިޗު 05 2019) އިއުލާނާއި ގުޅިގެން މައުލޫމާތަށް ބަދަލުތަކެއް ގެނެސްފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި 23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ  އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 09:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ސެޝަންއަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ޝައުބާން 1440

18 އޭޕްރިލް 2019
ހޯދާ