މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިނިސްޓްރީ އޮފް ހެލްތްގެ އެދިލެއްވުމުގެ މަތިން، 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 22 އޭޕްރީލް 2019 އިން 5 މޭ 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00  އަށް (ރަމަޞާން މަހު: 10:00 އިން 12:00) މި މިނިސްޓްރީއިންނެވ މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                                                 
  3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 50,000/-ރ (ފަންސާސް ހާސް ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު)  ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 28 އޭޕްރިލް ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 8 މޭ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ނެޝަނަލް ޓެންޑަރ

    މިނިސްޓްރީ އޮފް ފިނޭންސް

    އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

    ފޯން: 3349106 ، 3349115

    އީ-މެއިލް: [email protected]

    ކޮޕީ: [email protected]

18 އޭޕްރިލް 2019
ހޯދާ