އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވަސްވެ ހަލާކުވެފައިވާ މުސްހަފްތައް އެއްކުރުމުގެ ޕްރޮގްރާމް

އިޢުލާން

އައްޑޫސިޓީގެ އަވަށްތަކުގެ ގޭގޭގައިހުރި ދުވަސްވެ ގަނޑުތައް ވަކިވެފައިހުރި ޚަތިމްތައް  ރައްކާތެރިކަމާއެކު ނައްތާލުމުގެ ޕްރޮގްރާމްއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ޚަތިމްތައް ޙަވާލުކުރުމަށް ބޭނުންވާ ގެތަކުން އެ ގެއަކާއި އެންމެ ކައިރީގައި ހުންނަ މިސްކިތަކަށް ޚަތިމްތަކާއި ޤުރުއާނުގެ އާޔަތްތައް ލިއެފައިހުރި ލިއުންތައް ޙަވާލުކޮށް ދެއްވުންއެދެމެވެ. މި ޕްރޮގްރާމްގެ ދަށުން ގެންނަ ލިއުންތަކާއި ޚަތިމްތައް ޙަވާލުވުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ 02 މެއި 2019ވާ ބުރާސްފަތި ދުވަހުގެ ޢަސްރު ނަމާދުގެ ފަހުން މަޢްރިބް ނަމާދާއި ހަމައަށެވެ.

ވީމާ، މިޕްރޮގްރާމްގެ ދަށުން ގޭގޭގައި ހުރި މިދެންނެވި ފަދަ ލިއުންތަކާއި ދުވަސްވެ ގަނޑުތައް ވަކިވެފައިހުރި ޚަތިމްތައް ޙަވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެގެއަކާއި އެންމެ ކާރީގައި ހުންނަ މިސްކިތަކާއި 02 މެއި 2019ވާ ބުރާސްފަތި ދުވަހުގެ އަސްރުނަމާދާއި މަޢުރިބު ނަމާދާއި ދެމެދު ޙަވާލުކޮށް ދެއްވުން އެދި ޢާންމުކޮށް އިޢްލާން ކުރީމެވެ.

13  ޝަޢުބާން  1440

18 އޭޕްރިލް 2019
ހޯދާ