ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މާރަންދޫ ކައުންސިލްގެ އިދާރާގެ ބައެއް މަސައްކަތްތައް ކުރުން

އިޢުލާން

ހއ. މާރަންދޫ ކައުންސިލްގެ އިދާރާގެ ބައެއް މަސައްކަތްތައް ކުރުން

ހއ. މާރަންދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1- އިދާރާގެ ކަރަންޓްވައިރިންގ އެޅުން

2- އިދާރާގެ ބައެއް މަރާމާތުތައް ކުރުން

3- އިދާރާގައި ޕާކިން ޒޯނެއް ހެދުން

ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތްތައް ކުރުމަށް އެދޭފަރާތްތަކުން 2019، އޭޕްރީލް 29 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019، މެއި 2 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ޝަޢުބާން 1440

18 އޭޕްރީލް 2019

18 އޭޕްރިލް 2019
ހޯދާ