ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (އެޑްމިން އޮފިސަރ)

 

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
SECRETARIAT OF THE GADHDHOO COUNCIL, SOUTHI HUVADHU ATHOLHU
ގދ.ގައްދޫ،ދިވެހިރާއްޖެ.
GDh.Gadhdhoo, Rep.of Maldives.


ނަންބަރު: 27/2019
އިޢުލާން

މިއިދާރާއަށް ކޮންޓެކްޓް އުޞޫލުން މަސައްކަތްކޮށްދިނުމަށް ތިރީގައިވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ. މިއީ ސިވިލް ސަރވިސް މަޤާމެއް ނޫނެވެ.

ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

 


މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަސައްކަތްކުރާތަން: ގދ.ގައްދޫ ކައުންސިލްގެ އިދާރާ
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ މުސާރަ: -/4465 ރުފިޔާ
އެލަވަންސް: 1500.00 ރުފިޔާ
އެހެނިހެން އެލަވަންސް: މަހަކު 700.00 ރުފިޔާ
ބޭނުންވާ އަދަދު: 02 (ދޭއް)

އެހެނިހެން އިނާޔަތްތައް:
1. މި މަގާމުގައި ހުންނަ މުވައްޒަފަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ކައުންސިލުން ހަމަޖައްސަވާ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.


މަޤާމުގެ މަސްޢޫލިއްޔަތު:
1. އޮފީހަށް ލިބޭ ސިޓިއާއި މެސެޖް އަދި އެހެނިހެން ތަކެތި ބަލައިގަތުމާއި އެކު ދުވާލަކު 2 ފަހަރު އެންޓްރީކޮށް ޒިންމާދާރުވެރިޔާ އަށް އެރުވުމާއި، ސެކްޝަން ޔުނިޓް ތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާއި އަވަހަށް ހަވާލުކުރުން.ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ދޫކުރަންޖެހޭ ފައިސާ ޤަވައިދާއި އެއްގޮތަށް އެފަރާތްތަކާއި ހަވާލުކުރުން.
2. އޮފީހަށް އަންނަ ފޯންކޯލްތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމާއި އިދާރާގެ އީ މެއިލް އާއި ޖެމްސް މަދުވެގެން ދުވާލަކު 2 ފަހަރު ޗެކްކޮށް މެއިލާއި ޖެމްސްއިން އައިސްފައިވާ ލިޔުންތައް ޕްރިންޓްކޮށް އެންޓްރީ ކުރުމާއިއެކު ޒިންމާދާރުވެރިޔާއަށް އެރުވުން.
3. ކައުންޓަރުން ދޫކުރަންޖެހޭ އެޕްލިކޭޝަން ފޯމްތައް ދޫކުރުމައި އެނޫންވެސް ލިޔުންތަކާއި މަޢުލޫމާތާއި ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް ވިހާވެސް އަވަހަށް ފަސޭހައިން އޮޅުންފިލާގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ކައުންޓަރުން ބަލައިގަންނަ ފޯމްތައް ރަނގަޅަށް ފުރިހަމަކުރުމަށްފަހު ބަލައިގަތުން.
4. އޮފިހުން އެކި ފަރާތްތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ސިޓީތަކާއި، އެހެނިހެން ލިޔުންތައް ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ފޮނުވުމާއި، އެކިފަރާތްތަކަށް ރައްދުކުރުމަށް އޮފީހާއި ހަވާލުކުރެވޭ ތަކެތި ބަލައިގަތުމާއި އެތަކެތި ލިބެންޖެހޭ ފަރާތްތަކަށް އަވަހަށް ރައްދުކުރުން.
5. ނޯޓިސްބޯޑަށް އެރުވުމަށް ހަވާލުކުރެވޭ ލިޔުންތައް ބޯޑަށް އެރުވުމާއި މުއްދަތު ހަމަވުމުން އެ ލިޔުންތައް ނަގައި ނައްތާލަންޖެހޭ ލިޔުންތައް ނައްތާލުމުގެ ކަންތައް މަސައްކަތު މީހުންލައްވާ ކުރުވުން.
6. އެކިއެކި ސަބްސިޑީ ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ފަރާތުން ދެއްވަންޖެހޭ މައުލޫމާތު ސެކްޝަންހެޑްގެ ލަފާގެމަތިން ދިނުންމާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއެކު ފައިލްކޮށް ބެލެހެއްޓުން.
7. ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޒިންމާދާރުވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.
8. ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ސެކްޝަނުގެ އެހެން ޔުނިޓްތަކުގެ މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި ޔުނިޓް ތަކުގެ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
24 އޭޕްރިލް 2019 ވަނަ ދުވަހު 13:00 ގެކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއި އެކު ގައްދޫ ކައުންސިލްގެ އިދާރާއަށް.


ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދޭ ފޯމު ނުވަތަ ސިޓީ
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.


އިންޓަރވިއުކުރުން.
• މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ.
• އިންޓަރވިއު ކުރުން އޮންނާނީ 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެރޭ 21:00ގައި ގައްދޫ ކައުންސިލް އިދާރާގެ ޖަލަސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު:
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 68400013 އެވެ.

އެހެނިހެން ކަންތައްތައް:
• ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.
• އެކްރެޑިޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާރކްސް ނުދެވޭނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2019

18 އޭޕްރިލް 2019
ހޯދާ