މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކުނިކޮށްޓަށް މަސައްކަތު މީހުން ހޯދުން.

އިޢްލާން

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.

 

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 02

މުސާރަ: 3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000ރުފިޔާ

އަދި މީގެ އިތުރުން ބަންދުދުވަހުގެ ފައިސާ އާއި މަސައްކަތަށް ނުކުންނަ ކޮށްމެ ދުވަހަކަށް ރިސްކް އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް

ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖް ކުރާ މަރުކަޒު

 

މަޤާމުގެ އަސާސީ ޝަރުތުތައް:

  • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  • ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތު ކޮށްދިނުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުން

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ·                     ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އަނގޮޅިތީމް ކުނި ނައްތާލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓް ކުރުމާއި އެތަކެތި ވަކި ކުރުން
  • ·                     ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި ކުނި ނައްތާލާ މަރުކަޒަށް ގެންދިއުން
  • ·                     ކުނި ރިސައިކަލް ކުރުމާއި ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް
  • ·                     ގޭގެއިން ކުނި ނެގުމުގެ މަސައްކަތް
  • ·                     ކުނި ނައްތާލާ މަރުކަޒާއި ވަށައިގެންވާ ސަރަޙައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން
  • ·                     ރ. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް
  • ·                     ކުނި ނައްތާލުމާއި ގުޅުންހުރި އެހެނިހެން ކަންކަން

 

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

  • ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
  • ލިބިފައިވާ ތަޢްލީމާއި ތަމްރީން 10%
  • މަސައްކަތުގެ ތަޖްރިބާ 20%
  • މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 70%

 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

  • ·                        މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 29 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފުނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު

 

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 30 އެޕްރީލް 2019 އާއި 09 މެއި 2019 އާއި ދެމެދު  މި ކައުންސިލް އިދާރާގައެވެ.
18 އޭޕްރިލް 2019
ހޯދާ