މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ޙާއްޞަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައިދިނުމާއި، ރަމަޟާންމަހުގައި ރޯދަވީއްލުމާއި ހާރުކެއެކުން ދިނުމަށް ބޭނުންވާނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލާއެއްގޮތަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވާ އެކި އެކި އިންވެންޓްތަކާ ގުޅިގެން ކޮންޓްރެކުޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                 

                      

18 އޭޕްރިލް 2019
ހޯދާ