ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ސަރަހައްދުގައިހުރި ރަޖިސްޓްރީނުކޮށްހުރި ރުއްގަސް ނެގުމަށް

          މިރަށުގެ އިރުމަތީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 އަކަފޫޓްގެ 104 ދަނޑުބިމާއި، ދެކުނު ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 އަކަފޫޓްގެ 40 ދަނޑުބިން  ހިމެނޭ ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ތެރެއިން ރަޖިސްޓްރީ ނުކޮށްހުރި ރުއްގަސް 18 މެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުން އެދެމެވެ. އަދި މިމުއްދަތުގައި ނުނަގާހުރި ރުއްގަހަކީ ވެރިއެއްނެތް ތަކެތި ކަމަށް ބަލައި އެސަރަހައްދުން ދަނޑުބިން ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.  ދަނޑުބިން ދޫކުރުމުގެ ތެރޭގައި މިގޮތަށްހުރި ރުއްގަހަށް ލިބޭ ގެއްލުމުގެ ޒިންމާ  މިކައުންސިލުން  ނެގެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

           އަދި، ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ދެސަރަހައްދުގެ ޗާޓް މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެކަމުގައި ދަންނަވަމެވެ.

.

17 އޭޕްރިލް 2019
ހޯދާ