މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑް

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑް

 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑް ދިމުނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

    

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

(1)    ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (4 ފަރާތް)

(2) ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

(3) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)

(4) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ (1 ފަރާތް)

(5) ފަންނީ ދާއިރާ (1 ފަރާތް)

(6) ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ  (1 ފަރާތް)

(7) ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ (1 ފަރާތް)

(8) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ (1 ފަރާތް)

(9) ޚާއްޞަ ދާއިރާ (1 ފަރާތް)

 

މިދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ(ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، މި މިނިސްޓްރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.

 

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އެޕްލިކޭޝަނުގައި ބަޔާންކުރާ ކަންތައްތަކުގެ ސައްހަކަން އަންގައިދޭ ލިޔުންތައް
  • ނޮމިނޭޓް ކުރާނަމަ އެފަރާތުގެ ސިޓީ
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
  • ކުރި މަސައްކަތުގެ ތަފްޞީލު ސައްހަކަން އަންގައިދޭން ދެ ބޭފުޅެއްގެ ހެކި ކޮށްދޭ ލިޔުމެއް.

 

 

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ގ. ބިއްލޫރިޖެހިގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް    www.gender.gov.mv އަދި މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

 

މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 02 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ.

 

 

 

17 އޭޕްރީލް 2019

17 އޭޕްރިލް 2019
ހޯދާ